ވިޔަފާރި

ޓާޓާއިން ހަދާ ފްލެޓްތަކުގެ ރީޓެއިލް ޒޯންތަށް ބީލަމަށް ހުޅުވާލުން


އިންޑިއާގެ ޓާޓާ ކުންފުނިން މާލޭގައި ހަދަމުންދާ ފްލެޓްތަކުގައި ހަދާ ރީޓެއިލް ޒޯންތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ބީލަންހުށަހެޅުމުގެ ފުރުސަތު ހުޅުވާފައިވަނީ، ގާކޮށްޓާއި، ކުރީގެ އަރަބިއްޔާ ހުރި އިމާރާތުގައި ހަދަމުންދާ ފްލެޓްތަކުގެ ތެރެއިން ރީޓެއިލް ފިހާރަ ހިންގޭނެ ސަރަހައްދުތަކަށެވެ.އެގޮތުން ގާކޮއްޓާއި އަރަބިއްޔާގެ ފުރަތަމަ ފަންގިފިލާތަކާއި ގްރަންޑު ފްލޯ ހިމެނޭ ސަރަހައްދުތައް ހިމަނާފައިވާއިރު މީގެތެރޭގައި ވިހިހާސް ސްކްއަރ ފޫޓް ހިމެނެއެވެ.އޮފީސްތަކުގެ ގޮތުގައިވެސް ދޫކުރާ މި ޒޯންތަކަށް ޝައުގުވެރިވާފަރާތްތަކުން އަންނަ މާޗް މަހުގެ 8ވަނަ ދުވަހުގެ ކުރިން  ޝައުގުވެރިކަން ފާޅުކުރަންޖެހެއެވެ.ޕްރީބިޑް މީޓިންގ ދިހައެއްމާޗްގައި ބާއްވާނެކަމަށާއި، ބިޑްތައް އިވެލުއޭޓްކުރުމުގައި ދެފުށްފެންނަ ގޮތަކަށް ކުރިޔަށްގެންދިޔުމައްޓަކައި މިނިވަން އޮބްޒާވަރުން ތިއްބަވާނެކަމަށް ޓާޓާއިންބުނެއެވެ.ވިޔަފާރީގެ ބޭނުމަށް ދޫކުރާ މި ޒޯންތަކަށް ފައިސާ ދައްކަންޖެހެނީ ހަތަރުބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ބީލަން ފެށޭ އަގަކީ، އަކަފޫޓަކަށް 351 ޑޮލަރުކަމަށް ޓާޓާއިން ބުނެއެވެ. އަދި ބިޑު ކާމިޔާބުކުރާތާ އެއްމަސްދުވަހުގެ ތެރޭގައި ފުރަތަމަ ޕޭމަންޓުގެ ގޮތުގައި، ހުށަހެޅި އަގުގެ %30 ދައްކަންޖެހޭނެ ކަމަށެވެ. އަދި ދެވަނަ ޕޭމަންޓް 4 މަސްދުވަހުގެ ތެރޭގައި ދައްކަން ޖެހޭއިރު ތިން ވަނަ ޕޭމަންޓް ދައްކަން ޖެހެނީ 7 މަސް ދުވަހުގެ ތެރޭގައެވެ. އަދި ހަތަރުވަނަ ޕޭމަންޓް މި އަހަރުގެ ޑިސެމްބަރު މަހު ދައްކަންޖެހޭކަމަށްވެސް ޓާޓާއިންވަނީ ބުނެފައެވެ.ފްލެޓްތަކުގައި ރީޓެއިލް  ޒޯންތަކާއިބެހޭ އިތުރުމައުލޫމާތު، http://retailzones.com.mv އިން ލިބޭނެކަމަށާއި، މާލޭގައިހުންނަ ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން އޮފީހުން ޑޮކިއުމެންޓް ދޫކުރާނެކަމަށް ޓާޓާއިން ބުނެއެވެ.ގާކޮށްޓާއި އަރަބިއްޔާ ބިމުގައިހަދާ ފްލެޓްތަކުގެ އިތުރުން އޯޑިއޯނާއި، ނާދީގައި ހަދާ ފްލެޓްތަކުގައިވެސް މިފަދަވިޔަފާރީގެ ބޭނުންހިފޭ ޒޯންތައް ވަރަށް އަވަހަށް ބިޑްކުރުމަށް ހުޅުވާލާނެކަމަށް އެކުންފުނިންބުނެއެވެ.