ޚަބަރު

އައްޑޫ ސިޓީގައި ހުންނަ އިކޮނޮމިކް މިނިސްޓްރީ އޮފީހުގެ ތިޖޫރި ވަގަށް ނަގައިފި


އިކޮނޮމިކް މިނިސްޓްރީ އައްޑޫ އޮފީހުގެ ތިޖޫރީ ފަޅާލައި ބައިލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފިިއެވެ.
މިކަން ހިނގިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ، މިއަދު ހެންދުނު ގާތްގަނޑަކަށް 08:01 ހާއިރުއެވެ.
މިކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ،
ތިޖޫރި ވަގަށް ނެގި އިރު، ތިޖޫރީގައި 50،000 އަށް ވުރެ ގިނަ ރުފިޔާ ހުރިކަން މިހާތަނަށް ބެލި ބެލުމުން އެނގޭ ކަމަށެވެ.
ފުލުހުން މިހާރު ގެންދަނީ މި ހާދިސާ ތަޙްޤީޤް ކުރަމުންނެވެ.