ވިޔަފާރި

ހޮޓެލް ޖެން އިން "ޕާސްތާ އޮން ޗީޒް ވީލް" ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް!


ހޮޓެލް ޖެންގެ އަޒުރް ރެސްޓޯރަންޓުން "ޕާސްތާ އޮން ޗީޒް ވީލް" ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

"ޕާސްތާ އޮން ޗީސް ވީލް" ޕްރޮމޯޝަނަކީ ޗީސް ވީލްއެއްގެ ތެރޭގައި ކަސްޓަމަރަކު ބޭނުންވާ ކެއުމެއް ތައްޔާރުކޮށްލެވޭ ގޮތަށް ތަޢާރަފްކޮށްފައިވާ ޕްރޮމޯޝަނެކެވެ.
ޗީސް ވީލްގެ ތެރޭގައި އެމީހަކު ބޭނުންވާ ވައްތަރެއްގެ ކެއުމެއް ތައްޔާރުކުރެވޭއިރު މީގެ ތެރޭގައި ސްޕެގެޓީއާއި ޕާސްތާ ހިމެނެއެވެ. އަދި އެމީހަކު ބޭނުންވާ ބާވަތެއްގެ މަހާއި، ފްލޭވަރއަކަށް މި ޕާސްތާ ތައްޔާރުކޮށްލެވޭނެކަމަށް ވެސް ހޮޓެލް ޖެންއިން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހޮޓެލް ޖެންގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ ނީނާ މުހައްމަދު ވިދާޅުވީ، ކޮންމެ އަހަރަކު ވެސް ހޮޓެލް ޖެން އިން އަޒުރު ރެސްޓޯރަންޓަށް އައު ޕްރޮމޯޝަންތަކެއް ތަޢާރަފްކުރާކަމަށެވެ. އެހެންކަމުން މިއަހަރު ތަޢާރަފްކުރި "ޕާސްތާ އޮން ޗީސް ވީލް" ވެސް އާންމުންނަށް ކަމުދާނެކަމަށް އުއްމިދުކުރާކަމަށް ނީނާ ވިދާޅުވިއެވެ.

އަޒްރު ރެސްޓޯރަންޓުން ހުޅުވާލާފައިވާ މި ޕްރޮމޯޝަނުގައި ޕާސްތާ އޮން ޗީސް ވީލްގެ އިތުރުން ޚާއްސަ ބުއިމެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ. "ފްރުޓް ސެންގްރިއާ" ގެ ނަން ދީފައިވާ މި ބުއިމަކީ ކްރޭންބެރީ އަދި މޭވާގެ ތަފާތު ބާވަތްތައް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ބުއިމެކެވެ.

ހޮޓެލް ޖެންގެ އަޒްރު ރެސްޓޯރެންޓަކީ ކޮންމެ އަހަރަކު ވެސް އެކި ދުވަސްތަކާއި ދިމާކޮށް ތަފާތު ޕްރޮމޯޝަންތައް ތަޢާރަފްކުރާ ތަނެކެވެ. އެގޮތުން ކުރިއަށް ވެސް ޚާއްސަ ޕްރޮމޯޝަންތަކެއް ރާވާފައިވާކަމަށް ހޮޓެލް ޖެންއިން ބުނެއެވެ.
ހޮޓެލް ޖެންގެ އެންމެ މަތީ ފްލޯރގައި ޤާއިމްކޮށްފައިވާ އަޒްރު ރެސްޓޯރަންޓަކީ ގިނަ އަދަދައްގެ ފަތުރުވެރިންނާއި އާންމުން އެތަނަކުން ޚިދުމަތް ހޯދަމުން އަންނަ ތަނެކެވެ.