ސިޔާސީ

ނަޝީދުގެ ޝަރީއަތުގެ ދެވަނަ އަޑުއެހުން މާދަމާ ރޭ ބާއްވަނީ


ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް އުފުއްލަވާފައިވާ ޓެރަރިޒަމް ދައުވާގެ ދެވަނަ އަޑުއެހުން މާދަމާރޭ ބޭއްވުމަށް ކްރިމިނަލްކޯޓުން ތާވަލްކޮށްފިއެވެ.އެކޯޓުން ބުނީ ނަޝީދުގެ މައްސަލައިގެ އަޑުއެހުން ތާވަލްކޮށްފައިވަނީ މާދަމާރޭ އަށެއް ޖަހާއިރަށެވެ.މިދިޔަ ހޯމަދުވަހު ބޭއްވި ފުރަތަމަ އަޑު އެހުމުގައި ކޯޓުން ވަނީ ވަކީލަކު ހަމަޖެއްސުމަށް ތިން ދުވަހުގެ ފުރުސަތެއް ނަޝީދަށް އަރުވާފައެވެ.ކްރިމިނަލް ކޯޓުއިސްޤާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ޕްރޮސެކިއުޓަރ ޖެނެރަލް ދައުވާކުރާ ކުރީގެ ޑިފެންސް މިނިސްޓަރ ތޮލްހަތު އިބްރާހިމްގެ ޝަރީއަތުގެ ދެވަނަ އަޑުއެހުންވެސް މާދަމާރޭ ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ. މި އަޑުއެހުން އޮންނާނީ މާދަމާރޭ ދިހައެއް ޖަހާއިރުކަމަށް ކްރިމިނަލްކޯޓުން ބުނެއެވެ.