ޚަބަރު

އައިޔޫއެމް ފުވައްމުލަކު ކެމްފަހުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


އިސްލާމިކް ޔުނިވަރސިޓީގެ ފުވައްމުލައް ލާރނިން ސެންޓަރގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިސްލާމިކް ޔުނިވަރސިޓީން ބުނީ އައިޔޫއެމް ފުވައްމުލަކު ލާރނިންގ ސެންޓަރުން އިސްލާމިކް ފައިނޭންސާއި، ޝަރީއާ އެންޑް ލޯގެ އިތުރުން އިމާމް ކޯހާއި ލޯކަލް ގަވަރނަންސްއާ ގުޅޭ ކޯސްތައް ހެދޭނެކަމަށެވެ. މިހުރިހާ ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓުން ފެށިގެން މާސްޓާރސް ޑިގްރީއާ ހަމައަށް ކިޔެވޭނެކަމަށް އެ ޔުނިވަރސިޓީން މައުލޫމާތުދެއެވެ.

އިސްލާމިކް ޔުނިވަރސިޓީ ފުވައްމުލައް ލާނިން ސެންޓަރުން ބުނީ ކޯސްތަކުގައި ބައިވެރިވުމަށް އައިޑީކާރޑް ކޮޕީ، އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ އަދި އެޕްލިކޭޝަން ފޯމް ހުށަހަޅަންޖެހޭކަމަށެވެ. ކޯސްތަކުގައި ބައިވެރިވުމަށް ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 14 ފެބްރުއަރީ 2018 އެވެ.

އައިޔޫއެމްގެ ލާރނިންގ ސެންޓަރެއް ފުވައްމުލަކުގައި ޤާއިމުކުރުމަށް ނިންމާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ. އެ ލާރނިންގ ސެންޓަރުގައި ކުރިއަށްގެންދާ ކޯސްތަކާގުޅޭ މައުލޫމާތު ދިނުން މިދިޔަ ޖެނުއަރީ މަހުގެ 25 އަދި 26 ވަނަ ދުވަހު ވަނީ ކުރިއަށްގެންގޮސްފައެވެ.