ވިޔަފާރި

ޖެނުއަރީމަހުވެސް ވެލާ ރިސޯޓުގެ މުއައްޒަފުންނަށް ސަރވިސް ޗާޖްގެ ގޮތުގައި ބޮޑު އަދަދެއް


މިއަހަރުގެ ޖެނުއަރީމަހު ސާވިސް ޗާޖް އެއްމެ ގިނައިން ދިން ރިސޯޓަކަށް ވެލާ ޕްރައިވެޓް އައިލެންޑް ހޮވިއްޖެއެވެ.
ދިވެހިރާއްޖޭގައި ހިންގަމުން އަންނަ ރިސޯޓް ތަކުގެ ސާވިސް ޗާޖް ހާމަކުރާ ވެބުސައިޓް "މޯލްޑިވްސް ސާރވިސް ޗާޖް ވެބުސައިޓުން" ހާމަކުރާ ގޮތުގައި ވެލާ ޕްރައިވެޓް ރިސޯޓުން ޖެނުއަރީމަހު މުއައްޒަފުންނަށް ސަރވިސް ޗާޖްގެ ގޮތުގައި ވަނީ 3،016.02 ޑޮލަރު ދީފައެވެ. މިއީ ދިވެހި ފައިސާއިން ބަލާނަމަ، 46,507.02 ރުފިޔާއެވެ.
މި ވެބްސައިޓަސް ބަލާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ވެލާ ރިސޯޓަކީ ދެވަނައަށް އެންމެ ގިނައިން ސަރވިސްޗާޖް ދިން ރިސޯޓެވެ. ޑިސެމްބަރުމަހު މި ލިސްޓްގެ އެއްވަނައިގައި އޮތީ، ޗެވަލް ބްލެންކް ރަންދެލި ރިސޯޓެވެ. މި ރިސޯޓަކީ ޖެނުއަރީމަހު ދެވަނައަށް އެންމެގިނައިން ސަރވިސްޗާޖް ދިން ރިސޯޓެވެ.
މޯލްޑިވްސް ސާރވިސް ޗާޖް ވެބުސައިޓުން ސަރވިސްޗާޖް ދޭ ގޮތް ހިސާބުކުރަނީ ރިސޯޓްތަކުގައި މަސައްކަތްކުރާ މުއައްޒަފުންދޭ މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ.