ވިޔަފާރި

ފެލިވަރުގައި 36 އަހަރަށް ވުރެ ގިނަދުވަހު މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އެވޯޑު ދީފި


ފެލިވަރު މަސްފެކްޓްރީގައި ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މުއައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެފަރާތްތަކަށް އެވޯޑެއް ދީފިއެވެ.
ފެލިވަރު ފެކްޓްރީ ހިންގަން ފެށިތާ 41 އަހަރު ފާހަގަކުރުމުގެ ގޮތުން ފެލިވަރުގައި ބޭއްވި ރަސްމިއްޔާތެއްގައި މަސްފެކްޓްރީގައި ދިގު މުއްދަތެއްވަންދެން ޚިދުމަތްކުރި މުއައްޒަފުންނަށް އެވޯޑު ހަވާލުކޮށްދެއްވީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ، މިފްކޯގެ އެކްޓިން މެނޭޖިންގ ޑިރެކްޓަރު އިސްމާއިލް ފައުޒީއެވެ.
މިރަސްމިއްޔަތުގައި މިފްކޯގައި 36 އަހަރަށްވުރެ ގިނައިން މަސައްކަތްކޮށްފައިވަ ފަރާތްތަކަށް އެވޯޑު ދީފައިވެއެވެ.
އަދި މަސް ފެކްޓްރީގެ މުވައްޒަފުންނަށް ހާއްސަ ފަރިއްކޮޅަކާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތައްވެސް ވަނީ ކުރިޔަށް ގެންގޮސްފައިއެވެ.
1978 ވަނަ އަހަރުގެ ފެބުރުއަރީމަހު 3 ވަނަ ދުވަހު ފެލިވަރު ކޭނިންގ ފެކްޓަރީގެ ނަމުގައި ފެށި ފެކްޓްރީގައި ފުރަތަމަ މަސައްކަތްކުރީ 70 މުވައްޒަފުންކަމުގައިވިޔަސް މި ފެކްޓްރީގައި މިހާރު 400 ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުންދެއެވެ.