ޚަބަރު

އެމްޓީޑީން ގިނަ މެމްބަރުން ތަކެއްގެ ފޯމް އީސީއަށް ހުށަހަޅައިފި


ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބް އިސްވެ ހުންނަވައި އުފައްދަވާފައިވާ ސިޔާސީ ޕާޓީ، މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ)އާ ގުޅުނު ހަތް ސަތޭކައަށްވުރެ ގިނަ މެމްބަރުންގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޓީޑީން ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުން ގިނަ ޢަދަދެއްގެ މެމްބަރުންތަކެއް އެ ޕާޓީއާ ގުޅެމުން އަންނަ ކަމަށާއި އެގޮތުން އިތުރު ހަތް ސަތޭކަ ފަންސާސް ފަސް ފޯމް އީސީއަށް ހުށަހަޅާފައިވާ ކަމަށެވެ.

އެމްޓީޑީން ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެޕާޓީގެ ޓިކެޓްގައި ވާދަކުރަން ޝައުގުވެރިކަން ހުރި ފަރާތްތަކަށް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން، ނުވަވަނަ ދުވަހުގެ ނިޔަލަށް އެ ފުރުޞަތު ހުޅުވާލާފައެވެ.