ކުޅިވަރު

އެމްއެންޑީއެފް 16 ވަނަ އިންޓަރ ޔުނިޓް ފުޓްބޯޅަ މުބާރާތް ފަށައިފި


ކޮމާންޑަރ އިސްމާޢީލް ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ކުޅެވޭ އެމްއެންޑީއެފް އިންޓަރ ޔުނިޓް 16 ވަނަ ފުޓްބޯޅަ މުބާރާތް ކުލަގަދަ ރަސްމިއްޔާތަކާއެކު ފަށައިފިއެވެ.

މުބާރާތް ފެށުމުގެ ގޮތުން އެފްއޭއެމް އެއް ނަމްބަރު ޓާރފް ދަނޑުގައި ރޭ ބޭއްވި ރަސްމީޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

ދެ ޑިވިޜަންއަކަށް ބަހާލެވިގެން ކުރިއަށްދާ މި މުބާރާތުގެ އެއް ވަނަ ޑިވިޜަންގައި 5 ޓީމް ހިމެނިފައިވާއިރު ދެ ވަނަ ޑިވިޜަންގައި 7 ޓީމް ހިމެނެއެވެ.

ފުރަތަމަ ޑިވިޜަންގައި ހިމެނޭ ޓީމުތަކަކީ ފަޔަރ އެންޑް ރެސްކިއު ސަރވިސް، ޕްރެސިޑެންޝަލް ގާޑް އަދި ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ކޮމްބައިން ޓީމް، ސްޕެޝަލް ފޯސަސް މާލޭ އޭރިއާގެ އިތުރުން ކޯސްޓްގާޑް އެވެ.

ދެވަނަ ޑިވިޜަންގައި ހިމެނޭ ޓީމުތަކަކީ ބޭންޑް އެންޑް މިއުޒިކް ވިންގާއި ޑިފެންސް އިންޓެލިޖެންސް ސަރވިސް އަދި ދިވެހި ސިފަންގެ ކުލަބުގެ ކޮމްބައިން ޓީމު، މިލިޓަރީ އިންޖިނިއާސް، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއާސް، މިލިޓަރީ ޕޮލިސް އަދި ސިފްކޯ ކޮމްބައިން ޓީމް، ސިގްނަލް އަދި ސެނަހިޔަ އަދި ސަޕްލައި ސަޕޯޓް ސަރވިސްގެ ކޮމްބައިން ޓީމް، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް އަދި މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސްގެ ކޮމްބައިން ޓީމްގެ އިތުރުން އިންޓެގްރޭޓެޑް ހެޑްކުއާޓާރޒްގެ ޓީމެވެ.

މި މަހުގެ 02 ވަނަ ދުވަހުން ފެށިގެން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ހުރީހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ އެފްއޭއެމް އެއް ނަމްބަރު ޓާރފް ދަނޑުގައި.މި މުބާރާތް ފެށުމުގެ ގޮތުން ރޭ ކުޅެވުނު މެޗުގައި ބައްދަލުކުރީ މި މުބާރާތުގެ އެއްވަނަ ޑިވިޜަންގެ ސްޕެޝަލް ފޯސަސްގެ ޓީމާއި މާލޭ އޭރިއާގެ ޓީމެވެ.