ސިޔާސީ

އަލީ އާޒިމް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވޭ- ޕޮލިސް


އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނުވުނު ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.ފުލުހުން ވަނީ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މިކަން ކަށަވަރު ކޮށްދެއްވާފައެވެ.މި މައްސަލައިގައި ތަހުގީގުކުރުމަށް އާޒިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ދިހަ ދުވަހުގެ މުއްދަތެއް މިއަދު ވަނީ ޖަހައިދީފައެވެ.ރޭ މާލޭގައި ކުރި މުޒާހަރާގައި ޖުމްލަ ދިހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ތަހުގީގުކުރުމުން، މެންބަރު އާޒިމާއެކު އިތުރު މީހަކުވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ. އަދި މި ދެފަރާތް ފިޔަވައި ދެން ތިބި އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.