ޚަބަރު

ސިއްރު ފެންފުށީގައި މަސައްކަތްކުރަމުންދިޔަ ދިވެއްސަކު މަރުވެއްޖެ


ސިއްރުފެންފުށި ރިސޯޓުގައި މަސައްކަތްކުރަމުންދިޔަ 22 އަހަރުގެ ދިވެއްސަކު މަރުވެއްޖެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނީ، އުމުރުން 22 އަހަރުގެ އެ ފިރިހެން މީހާ މަރުވެފައިވަނީ، މަސައްކަތެއް ކުރަނިކޮށް އިމާރާތެއްގެ މަތިން ވެއްޓި ލިބުނު އަނިޔާއަށް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. އެމީހާ މަރުވިއިރު، ފަރުވާދެމުން ދިޔައީ ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ.
މި ޒުވާނާ މަރުވެގެން ރިޕޯޓް ކޮށްފައިވަނީ މިއަދު 11:30 ހާއިރުއެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ ތަޙްޤީޤް ކުރަމުންނެވެ.