ސިޔާސީ

އެމްޓީޑީގެ ޓިކެޓުގައި މަޖިލީހަށް ކުރިމަތިލާން ހުޅުވާލައިފި


އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލިސް އިންތިޚާބުގައި މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް، އެމްޓީޑީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު އެޕާޓީން ހުޅުވާލައިފިއެވެ.

އެމްޓީޑީން އިއްޔެ ކުރި ޓުވީޓެއްހައި ބުނީ މި މަހުގެއެއްވަނަ ދުވަހުން ފެށިގެން މި މަހުގެ 9ވަނަ ދުވަހާއި ހަމައަށް އެމްޓީޑީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފައިވާ ކަމަށެވެ. އަދި ބުނީ މި މަހުގެ 9ވަނަ ދުވަހުގެ އިރުއޮއްސި 6:00ގެ ނިޔަލަށް އެޕާޓީގެ ޓިކެޓުގައި މަޖިލިސް އިންތިޚާބަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކައް ޓިކެޓަށް އެދި ހުށަހަޅާ ފޯމް އެޕާޓީގެ އޮފީހަށް ހުށަހެޅުން އެދޭ ކަމަށެވެ. އެމްޓީޑީން ބުނީ މަޖިލިސް އިންތިޚާބުގެ ޓިކެޓަށް އެދި ހުށަހަޅާ ފޯމް އެޕާޓީގެ އޮފީހުން ލިބެން ހުންނާނެ ކަމަށެވެ.

އެމްޓީޑީގެ ޓިކެޓުގައި މަޖިލިސް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލިއިރު ސިޔާސީ ގިނަ ޕާޓީތަކުން މިހާރު ވަނީ އެޕާޓީތަކުގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރާ ފަރާތްތައް ކަނޑައަޅާފައެވެ.