ޚަބަރު

ލުބްނާނުގެ އިޤްތިޞާދު ނެގެހެއްޓުން: އައު ސަރުކާރަށް އޮތް ބޮޑު ގޮންޖެހުމެއް


ލުބްނާނުގައި އަލަށް އެކުލަވާލި ސަރުކާރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެ ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ މައްސަލަތައް ކަމަށް މުހައްލިލުން ވިދާޅުވެއްޖެއެވެ. ލުބްނާނުގެ މަޝްހޫރު މުހައްލިލެއްކަމަށްވާ ލެބަނަން ޔުނިވަރސިޓީގެ ޕޮލިޓިކަލް ސައިންސާބެހޭ ޕްރޮފެސަރ ޑރ އިމާދު ސަލާމާ ވިދާޅުވީ، ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ މައްސަލަތައް ހައްލުކުރުމުގައި ނާކާމިޔާބުވެއްޖެނަމަ، އައު ސަރުކާރަށް ދާދިއަވަހަށް ރައްޔިތުންގެ ތާއީދު ގެއްލިގެންދާނެކަމަށެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ނޫސްތަކުގައި ޝާއިޢުކޮށްފައިވާ ރިޕޯޓުތަކުގައި ބުނެފައިވަނީ އައު ސަރުކާރުގައި ހޒްބުﷲ ޖަމާއަތުގެ ހިއްސާ ބޮޑުކަމުން އެ ސަރުކާރަށް އެމެރިކާގެ ފިއްތުންތައް ކުރިމަތިވެގެންދާނެކަމަށާއި މިކަމުގެ ސަބަބުން އިޤްތިޞާދީ މައްސަލަތައް ހައްލުކުރުމުގެ ޤާބިލިއްޔަތު އައު ސަރުކާރުގައި ކުޑަވެގެންދާނެކަމަށް އިއްތިފާޤުވެއެވެ. އެހެންނަމަވެސް އައު ސަރުކާރަށް ބޭނުންވާ އެހީތެރިކަން ލުބްނާނުގެ އެތެރެއިން ލިބިއްޖެނަމަ ބޭރުގެ ނުފޫޒުތަކާ ކުރިމަތިލެވޭނެކަމަށްވެސް އެ ފަރާތްތަކުން ދެކެއެވެ.

ހުކުރު ދުވަހު ލުބްނާނުގައި އައު ސަރުކާރެއް އެކުލަވާލާފައިމިވަނީ އެ ޤައުމުގައި ޢާންމު އިންތިޚާބު ބާއްވައި ނަތީޖާ އިޢުލާންކުރިތާ އަށްމަސްދުވަސް ފަހުންނެވެ. ތިރީސް ވަޒީރުންގެ މައްޗަށް އެކުލެވޭ އައު ސަރުކާރުގައި ހަތަރު އަންހެން ބޭފުޅުން ހިމެނެއެވެ. ލުބްނާނުގެ ސިޔާސީ ފަރާތްތަކުންވަނީ، މިއީ ޤައުމަށް ލިބުނު ސިޔާސީ ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.