ކުޅިވަރު

މިޝީ ބަޓްޝުއާޔީ ކްރިސްޓަލް ޕެލަސްއަށް ސޮއިކޮށްފި


ޓޮޓްނަމުން ހޯދާނެކަމަށް ބެލެވުނު މިޝީ ބަޓްޝުއާޔީ ކްރިސްޓަލް ޕެލަސްއަށް ސޮއިކޮށްފިއެވެ.

ޗެލްސީގެ ފޯވާޑް ބަޓްޝުއާޔީ މި ސީޒަން ފެށުމުގެ ކުރިން ސްޕެއިންގެ ވެލެންސިޔާއަށް ލޯން އެއްބަސްވުމެއްގެ ދަށުން ބަދަލްވީ ސީޒަންގެ ނިޔަލަށެވެ. އެހެންނަމަވެސް ވެލެންސިޔާއިން އޭނާ ދޫކޮށްލަން ނިންމުމުން ބަޓްޝުއާޔީ ހޯދަން އެންމެ ބޮޑަށް މަސައްކަތްކުރީ އިނގިރޭސި ކުލަބު އެވަޓަންއިންނެވެ.

އެންމެ ފަހު ވަގުތު ޓޮޓްނަމުންވެސް އޭނާ ހޯދަން މަސައްކަތްކުރިއެވެ. އެހެންނަމަވެސް އެންމެ ފަހު ވަގުތު ބަޓްޝުއާޔީ ބޭނުންވީ ޕެލަސްއަށް ބަދަލުވާށެވެ. ބަޓްޝުއާޔީވަނީ މީގެ ކުރިން އޭނާ ޕްރިމިއަރ ލީގުގައި ކުޅުނު 32 މެޗުގައި 7 ގޯލް ޖަހާފައެވެ. އޭނާއަށް މި ސީޒަންގައި މާ އެދެވޭ ކުޅުމެއް އަދި ނުދެއްކެއެވެ.

ލަލީގާގައި ވެލެންސިޔާއަށް ކުޅުނު 15 މެޗުގައި އޭނާއަށް ޖެހުނީ އެންމެ ގޯލެކެވެ. ބަޓްޝުއާޔީ ޕްރިމިއަރ ލީގުގެ ޗެލްސީއަށް ބަދަލުވީ 2016ވަނަ އަހަރު 33.2 މިލިއަން ޕައުންޑްގެ ޓްރާންސްފަރ ފީއަކަށެވެ.