ޚަބަރު

ރާއްޖެ މިއަދު މިދެކޭ މިނިވަންކަމުގައި ފުލުހުންގެ ދައުރު ބޮޑު


ރާއްޖެ މިއަދު ދެކެމުން މިދާ މިނިވަންކަމުގައި، ޤައުމުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސްއޫލިއްޔަތު އުފުލަމުން އަންނަ ފުލުހުންގެ ދައުރު ވަރަށް ބޮޑު ކަމަށް ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.މިނިސްޓަރ މިހެން ވިދާޅުވީ ، ފުލުހުންގެ ތިންވަނަ ސެކިއުރިޓީޒް އެންޑް ލޯ އެންފޯސްމަންޓް ޕްރޮގްރާމް ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.މިނިސްޓަރ ވިދާޅުވީ ، ފުލުހުން ތަމްޞީލްކޮށްދެއްވަންވީ ޤައުމުގައި ހުރި އެންމެ ރަނގަޅު އަދި އެންމެ ރީތި ސިފަތައްކަމަށެވެ. އަދި ދިވެހި ޤައުމުގައި ހުރިހާ އެންމެންނަށްވެސް ހިތްހަމަޖެހުމާއި އެކު ދިރއުޅުމުގެ ފުރުސަތު ލިބިގެންދަނީވެސް ފުލުހުންނާއި، ސަލާމަތީ ބާރުތަކުގެ ބުރަ މަސައްކަތުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މިނިސްޓަރ ޝަރީފް ވިދާޅުވީ ، ފުލުހުން ރައްޔިތުންގެ ޚިދުމަތުގައި ސައުވީސްގަޑިއިރު ކުރައްވާ ބުރަ މައްކަތުގެ ވާހަކަ ނުދެއްކިޔަސް އެ ޚިދުމަތް ކުރެއްވުމުން ލިބޭ ހިތްހަމަޖެހުމަކީ އެލިބޭކާމިޔާބީކަމަށެވެ.މަސައްކަތްކުރާ ތަނަށް ވަފާތެރިވެ ޤައުމުގެ އަމާން ބަލަހައްޓާ ހުރިހާ މުއައްސަސާ ތަކުން ގުޅިގެން ކުރާ މަސައްކަތަކީ ޤައުމުގެ ހަމަޖެހުން ކަމަށްވެސް މިނިސްޓަރ ވިދާލުވިއެވެ.އައިލްސްއިން ހިންގާ ސެކިއުރިޓީ އެންޑް ލޯ އެންފޮސްމަންޓް ކޯސް ނުވަދިހަ ދެ ބައިވެރިޔަކުވަނީ ފުރިހަމަ ކޮށްފައެވެ.އިމިގްރޭޝަން ، ކަސްޓަމްސް އިންވެސް ބައިވެރިވި މި ކޯހުގެ ފަންސާސް ދެ ބައިވެރިން ޑިޕްލޮމާ ހާސިލްކުރިއިރު ސާޅީސް ބައިވެރިޔަކު އެސޯސިއޭޓް ޑިގްރީ ފުރހަމަކޮށްފައިވެއެވެ.