ކުޅިވަރު

ބައްސާމް އާއި ޝަވީދު ޔޫއޭއީއަށް


ޔޫއޭއީގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕުގެ ފައިނަލް މެޗު ބަލާލުމަށް އެފްއޭއެމުގެ ބައެއް އިސްބޭފުޅުން ފުރައިފި އެވެ.

ގަތަރާއި ޖަޕާން މާދަމާ ކުޅޭ ފައިނަލް މެޗު ބެލުމަށް ވަޑައިގަތީ އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އޭއެފްސީގެ އެކްސްކޯ މެމްބަރު އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެމްބަރު މުހައްމަދު ޝަވީދެވެ.

މިދެބޭފުޅުންނާއެކު އެފްއޭއެމުގެ އެކްސްކޯ މެމްބަރުން ކަމަށްވާ މާޒިޔާގެ ހުސައިން ޝާފިއު (ކޮކީ) އާއި އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް ބައިވެރިވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅުގައި ރާއްޖޭގެ ވަފުދުން އޭއެފްސީ އާއި ފީފާގެ އިސްވެރިންނާ ވެސް ބައްދަލުކުރާނެއެވެ. އަދި މިދުވަސްވަރަކީ އެފްއޭއެމުގެ ވެރިން ބަދަލުކުރަން އެފްއޭއެމް ކުރިން ހިންގި ބައެއް ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދާ ވަގުތެކެވެ.

ފުރަތަމަ ފަހަރަށް ގަތަރު އޭޝިއަން ކަޕް ފައިނަލް ކުޅޭއިރު ޖަޕާނަކީ މި މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ ގައުމެކެވެ.