ޚަބަރު

ނެއްލައިދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި


ވެލި އަރައި ތިލަވެފައިވާ ހދ. ނެއްލައިދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތަށް ބޭނުންވާ ވެހިކަލްތައް މިދިޔަމަހުގެ ފަހުކޮޅު އެރަށަށް ވަނީ ގެންގޮސްފައެވެ. ވެލި އެރުމުގެ ސަބަބުން އެރަށުގެ ބަނދަރު ދެކުނު ފަރާތް ވަނީ އެއްކޮށް ހިކިފައެވެ. މިކަމުގެ ސަބަބުން އެރަށުގެ ރައްޔިތުންނަށް ލަފާ ފުރުމުގައި ވަރަށް ބޮޑެތި ދަތިތަކާދަނީ ކުރިމަތިވަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ނެއްލައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ނާޒިމް ވިދާޅުވީ ބަނދަރު އެއްފަރާތް އެއްކޮށް ހިކިފައިވާއިރު ބަނދަރުގެ އެހެން ސަރަހައްދުތަކަށްވެސް ވެލި އަރައި ވަރަށް ބޮޑަށް ތިލަވެފައިވާ ކަމަށެވެ.

ހައުސިންގި މިނިސްޓްރީން ބުނީ ނެއްލައިދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ.

2011 ވަނަ އަހަރު ހެވީ ފޯސްއާ ހަވާލުކޮށްގެން ހެދި މި ބަނދަރަކީ 400 ފޫޓު ދިގު 200 ފޫޓް ފުޅާ ބަނދަރެކެވެ.