ދީން

ރާއްޖޭގެ ގިނަ މިސްކިތްތަކަށް ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ އެހީ


ރާއްޖޭގެ މިސްކިތްތަކަށް ބޭނުންވާ ބައެއް ތަކެތި ވިޔަފާރިވެރިންގެ ޤައުމީ ޖަމްއިއްޔާއިން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ. މުޙައްމަދު ޝަޙީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.އިސްލާމިކް މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ގިނަ މިސްކިތްތަކަށް ބޭނުންވާ ފަންކާއާއި، ސައުންޑް ސިސްޓަމާއި، ބޮކި އަދި ތާޅަފިލި ފަދަ ބައެއް ތަކެތި ވިޔާފާރިވެރިންގެ ޤައުމީ ޖަމްއިއްޔާއިން ދެއްވަން ނިންމަވާފައިވާ ކަމަށެވެ. އެހެންމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.