ޚަބަރު

ޣައްޒާގައި މުޒާހަރާކުރަމުންދިޔަ މީހުންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށް ގިނަ ބަޔަކު ޒަޚަމުކޮށްލައިފި


ފަލަސްޠީނުގެ ޣައްޒާގެ އުތުރުގައި އަންގާރަދުވަހު މުޒާހަރާކުރަމުން ދިޔަ ފަލަސްޠީނުގެ ރައްޔިތުންނަށް އިސްރާއީލުގެ ސަލާމަތީ ފައުޖުތަކުން ދިން ހަމަލާތަކުގައި ފަނަރަ މީހުން ޒަޚަމުވެއްޖެއެވެ.

ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ، އެއްވި ތިބި މީހުންނަށް އަމާޒުކޮށްގެން އިސްރާއީލުގެ އަސްކަރިއްޔާއިން ހަމަލާދީފައިވަނީ، އަސްލު ވަޒަން ބޭނުންކޮށްގެންކަމަށާއި، އެ ހަމަލާތަކުގައި އަވަސް ފަރުވާ ދޭ މަސައްކަތްތެރިއަކުވެސް ޒަޚަމުވެފައިވާކަމަށެވެ.

ހުސްވި އަހަރުގެ މާރިޗު މަހުއްސުރެ ސިލްސިލާ ގޮތެއްގައި ކޮންމެ ހަފުތާބަންދެއްގައި ޣައްޒާގައި ކުރަމުންދާ މުޒާހަތައް، ވޭތުވެދިޔަ ތިން ހަފުތާގައި މަޑުޖައްސާލީ، އެ ސަރަޙައްދުގައި ފިނިހޫނުމިން ދަށަށް ދިއުމުގެ ސަބަބުންނެވެ.

މި މުޒާހަރާތަކުގެ ބައިވެރިންނަށް އިސްރާއީލުގެ ސަލާމަތީ ފައުޖުތަކުން ދިން ހަމަލާތަކުގައި މިހާތަނަށް ފަލަސްޠީނުގެ ދުއިސައްތަ ފަންސާސް މީހުން ޝަހީދުވެ، ދެހާސް ފަސްސަތޭކަ މީހުން ވަނީ ޒަޚަމުވެފައެވެ.