ސިޔާސީ

ރާއްޖޭގެ ސިޔާސީ ކަންކަމާ އިންޑިއާއިން ނުބެހޭނެކަން ޔަގީންކަން-


ރާއްޖޭގެ ސިޔާސީ ކަންކަމާ އިންޑިއާއިން ނުބެހޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.މިނިސްޓަރ ދުންޔާއާ ހަވާލާދީ ފޮރިން މިނިސްޓްރީގެ ރަސްމީ ޓުވިޓާ އެކައުންޓުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އިންޑިއާއިން ޕާންޗްޝީލް މުއާހަދާގައިވާ އުސޫލުތަކުގައި ހިފަހައްޓާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.ފައިވް ޕްރިންސިޕްލްސް އޮފް ޕީސްފުލް ކޯއެގްޒިސްޓެންސް ނުވަތަ އިންޑިއާ މީހުން ކިޔާގޮތުން ނަމަ ޕާންޗްޝީލް އަކީ ދޭދޭ ގައުމުތަކާއެކު އެގައުމުން ގުޅުން ބާއްވާނެ ގޮތް ކަނޑައަޅާފައިވާ މުއާހަދާއެކެވެ.ދުންޔާ މައުމޫން މިގޮތަށް ވިދާޅުވެފައި މިވަނީ ރާއްޖޭގައި ކުއްލި ހާލަތު އިއުލާނުކޮށްފިނަމަ އިންޑިޔާއިން އެކަމާ މެދު ފިޔަވަޅު އެޅުމަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައިވަނިކޮށެވެ.