ޚަބަރު

ކެލާގައި އައިޓީ ކޯސްތަކެއް ހިންގަނީ


ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލިޖީ އެންޑް މެނޭޖްމަންޓް އަދި ކެލާ ކައުންސިލް ގުޅިގެން ކެލާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިންފޮރމޭޝަން ޓެކްނޮލޮޖީގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފުރުޞަތު މިމަހުގެ 31 ވަނަ ދުވަހާއި ހަމައަށްވަނީ ހުޅުވާލާފައެވެ.

އިންފޮމޭޝަން ޓެކްނޮލޮޖީގެ ސެޓްފިކެޓް ލެވެލް 3 އިން ފެށިގެން ޑިިޕްލޮމާއާ ހަމައަށް ޒުވާނުންނަށް ހާއްސަކޮށްގެން ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާއިރު ކުޑަކުދިން ކޮމްޕިއުޓަރަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ގްރޭޑް 1 ކުން 6 ކާއި ދެމެދުގެ ދަރިވަރުންނަށް 1 މަސްދުވަހުގެ މުއްދަތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ކެލާ ކައުންސިލްގެ ރައީސް އާދަމް އުފްރާން ވިދާޅުވިއެވެ.

ކެލާގެ ޒުވާނުންނަށް ރަށުގައި ތިބެގެން މަތީ ތަޢުލީމް ހާޞިލްކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މިކޯސްތައް 2016 ވަނަ އަހަރުވެސް ކުރިއަށްގެންގޮސްފައި ވާއިރު މިއަހަރުގެ ކޯސްތަކަށްވެސް ކުރީއަހަރެކޭ އެއްފަދައިން ބޮޑު ތަރުޙީބެއް ލިބިގެންދާނެކަމަށް ކެލާ ކައުންސިލުން އުއްމީދުކުރެއެވެ.