ޚަބަރު

ދީނުގެ ޙިމާޔަތުގައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވާނަން - ޢިމްރާން


މާތްވެގެންވާ އިސްލާމްދީނުގެ ޙިމާޔަތުގައި އަޅަން ޖެހުނު ކޮންމެ ޤުރުބާނީއެއްވެސް ވާނެ ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޢިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްލާމްދީނާއި ދިވެހި ޤައުމުގެ ޙިމާޔަތާއި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ވާންޖެހުނު ކޮންމެ ޤުރުބާނީ އަދި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއްވެސް އަޅާނެ ކަމަށެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައި މިވަނީ ސޯޝަލް މީޑިއާގައި އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި އަދި މީހުންނަށް އިންޒާރު ދިނުމުގެ މައްސަލަތައް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

އެފަދަ ފަރާތްކާއި ދެކޮޅަށް ބައެއް ފަރާތްތަކުން މާލޭގެ މަގުތަކުގައި މުޒާހަރާކޮށްފައިވާއިރު އިސްލާމްދީނަށް ފުރައްސާރަކުރާ މައްސަލަ ހައްލު ކުރުމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވަނީ ޚާއްސަ ކޮމެޓީއެއްވެސް އުފައްދާފައެވެ. އަދި އެ ކޮމެޓީން ވަނީ ދީނާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކާއި ގުޅިގެން އުފެދިފައިވާ ނުތަނަވަސް ކަމަށް ހައްލެއް ހޯއްދުމަށް، އިންޓެލިޖެންސާއި، ކައުންޓާ ޓެރަރިޒަމްގެ އެހީ ހޯދަން ނިންމައިފައެވެ.