ޚަބަރު

މުއްދަތު ހަމަވިއިރު ރިޕޯޓް ހުށަނާޅާ އޮތީ 54 ކައުންސިލް - އެލްޖީއޭ


ލާމަރުކަރީ ޤާނޫނުގެ ދަށުން ކައުންސިލްތައް ހިންގި ގޮތުގެ ތަފްސީލީ ރިޕޯޓް ކޮންމެ އަހަރެއްގެ ޖެނުއަރީ 20 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހުނު ނަމަވެސް މިހާތަނަށްވެސް 54 ކައުންސިލަކުން ރިޕޯޓް ހުށަހަޅާފައިނުވާ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވިދާޅުވީ، ރާއްޖޭގައި ޖުމްލަ 200 ކައުންސިލެއް އޮތް ކަމަށާއި އިދާރީ ދާއިރާތައް ލާމަރުކަރީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތައް ހިންގި ގޮތުގެ ތަފްސީލީ ރިޕޯޓް ކޮންމެ ޖެނުއަރީ މަހެއްގެ ވިހި ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހުނު ނަމަވެސް މިހާތަނަށް އައި އިރުވެސް 54 ހަތަރު ކައުންސިލަކުން އެ ރިޕޯޓް ހުށަހަޅާފައިނުވާ ކަމަށެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވިދާޅުވީ، ޤާނޫނުގައި ބުނެފައިވާ މުއްދަތުގައި ކައުންސިލްތަކުގެ ރިޕޯޓް ހުށަހަޅާފައި ވަނީ ސަތޭކަ ސާޅީސް ހަ ކައުންސިލަކުން ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ތިން ސިޓީ ކައުންސިލާއި ސަތާރަ އަތޮޅު ކައުންސިލާއި ސަތޭކަ ސައްބީސް ރަށު ކައުންސިލް ކަމަށެވެ. އަދި ޤާނޫނުގައި ބުނެފައިވާ މުއްދަތުގައި ރިޕޯޓް ހުށަހަޅާފައިނުވާ ކައުންސިލުންތަކުން ވީ އެންމެ އަވަހަކަށް ރިޕޯޓް ހުށަހެޅުމަށް އަންގާފައިވާ ކަމަށެވެ.

އެލްޖީއޭއިން ވަނީ ކައުންސިލް ތަކުގެ ރިޕޯޓް ހުށަހަޅަންޖެހޭ މުއްދަތުގެ މަހެއް ކުރިން އެސް.އެމް.އެސް ޒަރިއްޔާއިންނާއި ވައިބާގެ ޒަރިއްޔާއިންވެސް ހުރިހާ ކައުންސިލުތަކަށް ރިޕޯޓް ހުށަހަޅަން އަންގާފައިވާނެ ކަމަށާއި، ޤާނޫނުން ލާޒިމުކޮށްފައިވާ ،ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހަކު ބާއްވަންޖެހޭ ރައްޔިތުންގެ އާންމު ބައްދަލުވުން ބާއްވަން އަންގާފައިވާ ކަމަށް ވިދާޅުވެފައެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަން ފަށާފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އަދި ކައުންސިލްތައް ބާރުވެރި ކުރުވުމަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހްގެ ރިޔާސީ ވައުދުފުޅެކެވެ.