ޚަބަރު

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ފަނޑިޔާރުން އައްޔަންކުރައްވައިފި


ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ފަނޑިޔާރުން އައްޔަންކުރައްވައިފިއެވެ.މިކަމަށްޓަކާ ރޭ ބޭއްވި ރަސްމިއްޔާތުގައި ކްރިމިނަލް ކޯޓަށް ފަނޑިޔާރަކާއި ސިވިލް ކޯޓަށް ހަތަރުފަނޑިޔާރަކުވަނީ އައްޔަންކުރައްވާފައެވެ.ސުޕީރިއަރ ކޯޓްތަކަށް ފަންޑިޔާރުން އައްޔަންކުރުމަށް ރޭ ސްޕްރީމްކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އެފަނޑިޔާރުންނަށް ހުވާލައިދެއްވީ ހައިކޯޓްގެ ފަނޑިޔާރު އަލްއުސްތާޒް އަލީ ސަމީރެވެ.މިރަސްމިއްޔާތުގައި ހުވާކުރެއްވި ފަންޑިޔާރުނަށް ފަތްކޮޅު ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަންޑިޔާރު އަލްއުސްތާޒް އަބްދުﷲ ސައީދުއެވެ.މިރަސްމިއްޔާތުގައި ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް އައްޔަންކުރައްވާފައިވަނީ،  ހުޅުމާލެ ގޯތިނަބަންބަރު ސުމެއް ހައެއް ސާދަ، އަލްއުސްތާޒް އަހްމަދު ރަޝީދެވެ. ސިވިލް ކޯޓްގެ ޤާޟީންގެ  ގޮތުގައި އައްޔަންކުރައްވާފައިވަނީ، ހދ. މަކުނުދޫ ޕިކެޑްލީ، އަލްއުސްތާޒް ހަސަން ފަހީމް އިބްރާހިމްއާ، ގަލޮޅު ފަރިދޫ އަލްއުސްތާޒް އަލީ އަބްދުﷲ އާއި، ޅ. ކުރެންދޫ ރީހުއްސަބާ އަލްއުސްތާޒް އަބްދުއްނަސިރު ޝަފީގްގެ އިތުރުން ނ. ވެލިދޫ އެލްޕާޝޯ އަލްއުސްތާޒް މުޙައްމަދު ޙަލީމެވެ. މީގެތެރެއިން ކްރިމިނަލް ކޯޓްގެ ޤާޟީކަމްށް އައްޔަންކުރެއްވި އަލްއުސްތާޒް އަހްމަދު ރަޝީދަކީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ކުރީގެ މެންބަރެކެވެ.މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނައިބް ރައީސް އަލްއުސްތާޒް މުޙައްމަދު ފައިސަލް ވިދާޅުވީ، އާންމު ފަރުދުންނާއި ފަންޑިޔާރުންނާއި ގިނަކަންކަމުގައި ތަފާތުކަމަށާއި، ކޯޓްތަކުގެ ޤާޟީންގެ ގޮތުގައި އައްޔަންކުރެވިގެންދާއިރު ފަންޑިޔާރުންގެ ސްލޫކީ މިންގަނޑެއް އޮންނަކަން ހަނދާންކޮށް، އެސުލޫކީ މިންގަނޑާއި އެއްގޮތަށް މަސައްކަތްކުރުމަށް އެފަންޑިޔާރުނަނަށް އިލްތިމާސްކުރެއްވިއެވެ. އަދި ފަނޑިޔާރުންގެ ގާނޫނުން މަތިކުރެވިފައިވާ މަސްއޫލިއްޔަތުތައް އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށާއި، މާތްވެގެންވާ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް އަދުލުވެރިކަމާއެކު އިންސާފުން މަސައްކަތްކުރުމަށް އަލިއްޅުއްވާލެއްވިއެވެ.މިރަސްމިއްޔާތުގައި ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން އާއި،  ޖޭ.އެސް.ސީގެ ރައީސް އަލްއުސްތާޒް އަލީ ހަމީދް މުހައްމަދާއި، އެ ކޮމިޝަންގެ މެމްބަރުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބައިވެރިވެވަޑައިގެންނެވިއެވެ.