ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަރަންޓު ކެނޑި ބައެއް އޮޕަރޭޝަންތަކެއް ހުއްޓުމަކަށް އަތުވެއްޖެއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލުން ބުނީ އެއަރޕޯޓުގެ ޓަރމިނަލް ސަރަޙައްދުގެ މެއިން ޕަވަރ ސަޕްލައިއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ ސަރަޙައްދުން މިއަދު ހަވީރުން ފެށިގެން ކަރަންޓް ކެނޑިފައިވާކަމަށެވެ. މިއާއެކު ޓަރމިނަލް އޭރިއާގެ ގިނަ އޮޕަރޭޝަންސްތަކަށް ހުއްޓުމެއް އައިސްފައިވާކަމަށް އެމްއޭސިއެލްއިން ބުނެއެވެ.
އެމްއޭސީއެލުން ބުނީ މި މައްސަލަ ހައްލުކުރުމަށްޓަކައި ކުންފުނީގެ ޓެކްނިކަލް ޓީމުން ހަރަކާތްތެރިވަމުންދާކަމަށެވެ.