ކުޅިވަރު

ޕޮލިސް ކުލަބާއި ވެމްކޯ ސެމީ ފައިނަލަށް


ވީއޭއެމް އެސޯސިއޭޝަންގެ ކަޕްގެ ސެމީ ފައިނަލުން ޕޮލިސް ކުލަބާއި ވެމްކޯ ޖާގަ ހޯދައިފިއެވެ.

ވެމްކޯ ސެމީގެ ޖާގައެއް ކަށަވަރުކުރީ އަލްމާ ސްޕޯޓްސް ކުލަބާއި ވާދަކުރި މެޗު ފަސޭހަކަމާއިއެކު ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ. މެޗުގެ ސެޓުތައް ވެމްކޯ ގެންދިޔައީ ފަންސަވީސް ނަވާރަ، ފަންސަވީސް ބާވީސް އަދި ފަންސަވީސް އަށާރައިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވެމްކޯގެ ފާތިމަތު މަޒިއްޔާއެވެ.

ޕޮލިސް ސެމީގެ ޖާގައެއް ކަށަވަރުކުރީ ލޮރެންޒޯ ތިން ސެޓު ދެ ސެޓުން ބަލިކޮށްގެންނެވެ. ފޯރިގަދަ މެޗުގެ ސެޓުތައް ޕޮލިސް ގެންދިޔައީ ފަންސަވީސް ސަތާރަ، ސަތާރަ ފަންސަވީސް، އެކާވީސް ފަންސަވީސް، ފަންސަވީސް ތޭވީސް އަދި ފަނަރަ ބާރައިންނެވެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހައްވާ ރާޝިދާއެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ އަންނަ ބުދަ ދުވަހާއި، ބުރާސްފަތި ދުވަހުގެ ރެއެވެ. ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެރެއެވެ.