ޚަބަރު

ހީ ފޯ ޝީއިން ކުރިޔަށްގެންދިޔަ ޓްރެއިނިންގ ޕްރޮގްރާމް ނިންމާލައިފި


އެއްވެސް މީހަކަށް އަނިޔާ ނުކުރާ މުޖުތަމައުއަކަށް މި މުޖުތަމައު ހެދުމަށްޓަކައި މަސައްކަތް ތަކެއް ކުރަންޖެހޭ ކަމަށާއި މުޖުތަމައު ތަރައްގީ ކުރުމަށްޓަކައި މުޖުތަމައުގެ އެއްވެސް ބަޔަކު ބާކީ ކޮއްނުލުމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް އެދިވަޑައިގެންފިއެވެ."ހީ ފޯ ޝީ"އިން ކުރިޔަށްގެންދިޔަ ދެ ދުވަހުގެ ޓްރެއިނިންގ ޕްރޮގްރާމް ނިންމާ ބައިވެރިންނަށް ހަދާނީ ލިޔުން ދިނުމުގެ ގޮތުން އިއްޔެ ބޭއްވި މިރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނާއިބު އަނިލް ވިދާޅުވީ، މުޖުތަމައުގެ ސަގާފަތުގައި ހުރި ބައެއް ކަހަލަ ކަންތައްތައް ނައްތާލައި ނުވަތަ ކުޑަ ކުރެވިގެން މެނުވީ ރަނގަޅު ނަތީޖާތަކެއް ހާސިލް ނުކުރެވޭނެ ކަމަށެވެ.އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އަންހެނުން ކުރާ މަސައްކަތުގައި ގިނަ ފިރިހެނުންގެ އެއްބާރުލުން ދީގެން އަނިޔާ ކުރުން ނައްތާލުމަށް މަސައްކަތްތަކެއް ކޮށްދިނުމަށް އަނިލް އެދިވަޑައިގެންނެވިއެވެ.ގެވެށި އަނިޔާއާއި ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ބައިވެރިންނަށް މިޕްރޮގްރާމްގެތެރެއިން މައުލޫމާތު ދެއްވާފައިވާކަމަށް، ޖެންޑަރ މިނިސްޓްރީން މައުލޫމާތުދެއްވައެވެ.