ޚަބަރު

ހައްދުންމަތީ ދަނބިދޫ ބަނދަރު ހެދުމުގެ މަސައްކަތް އިފްތިތާހްކޮށްފި


ހައްދުންމަތީ ދަނބިދޫ ބަނދަރު ހެދުމުގެ މަސައްކަތް އިފްތިތާހްކޮށްފިއެވެ.290 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މިބަނދަރުގެ މަސައްކަތް ނިމޭއިރު ދިގުމިނުގައި  ފަސްސަތޭކަ ފޫޓް ފުޅާމިނުގައި 250 ފޫޓް ހުންނާނެކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތުދެއެވެ.ދަނބިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ބަނދަރުގެ މަސައްކަތް އިފްތިތާހްކޮށްދެއްވީ ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒުއެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ މުޢިއްޒު ވިދާޅުވީ ދަނބިދޫ ބަނދަރުގެ މަސައްކަތް އިފްތިތާހް ކުރެވިގެން މިދިޔައީ އެތައް ދުވަހެއްވަންދެން ބަނދަރު ނުހެދި ދިގުލައި ދިއުމަށްފަހުގައި ކަމަށެވެ.މިނިސްޓަރ ވިދާޅުވީ ބަނދަރުގެ މަސައްކަތް އިފްތިތާހް ނުކުރެވި ދިގުލާ ދާން ދިމާވީ ރަށްޔިތުން ބަނދަރަށް ގެންނަންބޭނުންވި ބަދަލުތައް ގެނައުމަށްކަމަށެވެ.ދަނބިދޫ ބަނދަރުގެ މަސައްކަތަކީ ސަރުކާރުން މިއަހަރު އެންމެބޮޑު އިސްކަމެއްދެއްވައިގެން ހަދާ ބަނދަރުތަކުގެ ތެރޭގައި ހިމެނޭ ބަނދަރެއްކަމަށާ މިބަނދަރުގެ މަސައްކަތަށް ދައުލަތުގެ ބަޖެޓުން ތިންމިލިއަން ރުފިޔާ ޚަރަދުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ދުއިސައްތަ ނުވަދިހަ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މިބަނދަރުގެ މަސައްކަތް ނިމޭއިރު ދިގުމިނުގައި  ފަސްސަތޭކަ ފޫޓް ފުޅާމިނުގައި 250 ފޫޓް ހުންނާނެކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތުދެއެވެ.ދަނބިދޫގެ ބަނދަރުގެ ގޮތުގައި މިހާރު ބޭނުންކުރާތަނަނީ ހަމައެކަނި އެއްގަމުތޮށީގަނޑެއް ހިމެނޭ ސަރަހައްދެކެވެ.