ޚަބަރު

ވަގަށް އެތެރެވާން އުޅުނު ގިނަ އަދަދެއްގެ ބަޔަކު ފޮނުވާލައިފި


ބޮޑެތި ހަނގުރާމަތަކާއި، ހަމަނުޖެހުންތަށް
ހިނގަމުންދާ މެދު އިރުމަތީގެ ގައުމުތަކުން، ރާއްޖެއަށްވަގަށް އެތެރެވާން އުޅުނު ގިނަ އަދަދެއްގެ
މީހުން މިއަހަރުގެ މިހާތަނަށް ފޮނުވާލާފައިވާކަމަށް އިމިގްރޭޝަން ޑިޕާޓްމަންޓުން
ހާމަކުރައްވައިފިއެވެ. އެޑިޕާޓްމަންޓްގެ އިންފޮމޭޝަން އޮފިޝަރު ހަސަން ޚަލީލް ވިދާޅުވީ،
ޖެނުއަރީ މަހުން ފެށިގެން މިމަހުގެ މިހާތަނަށް ސާޅީސް އެއްމީހަކު
ފޮނުވާލާފައިވާކަމަށެވެ.

އެގޮތުން އެންމެ ގިނައީ، މެދުއިރުމަތީގެ ގައުމުތަކުގެ
މީހުންކަން ފާހަގަކުރައްވާ ޚަލީލް ވިދާޅުވީ، އެފަރާތްތައް ރާއްޖެ އެތެރެވަނީ،
ރާއްޖޭ މަގުން ޔޫރަޕްގެ ގައުމުތަކަށް ދިއުމަށްކަމަށް ބެލެވޭކަމުގައެވެ.
އެފަރާތްތަށް ރާއްޖެ އެތެރެވަނީ، އެމީހަކާއި އެންމެ ވައްތަރު މީހެއްގެ ޕާސް
ޕޯޓާއި، އަމިއްލަ ޕާސްޕޯޓްގައި އެހެން މީހެއްގެ ފޮޓޯ ޖަހައިގެންކަންވެސް ފާހަގަކުރެވިފައިވާކަމަށް
އިމިގްރޭޝަން ޑިޕާޓްމެންޓުން މައުލޫމާތުދެއެވެ. ޚަލީލް ވިދާޅުވީ، އެކަން
ހުއްޓުވުމަށް ޤައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން މަސައްކަތްތަކެއް
ކުރެވެމުންދާކަމަށެވެ. އެގޮތުން އެހެން ޤައުމުތަކުގައި މީހުން އެތެރެވާ ގޮތް
ބެލުމާއި، އިމިގްރޭޝަން ޑިޕާޓްމަންޓްގެ މުވައްޒަފުންނަށް އެކަންކަން ދެނެގަނެވޭނެ
ގޮތްތަށް ދަސްކޮށްދިނުމުގެ ޓްރެއިނިންގ ޕްރޮގްރާމްތައް ކުރިއަށް ގެންދާކަން ޚަލީލް
ފާހަގަ ކުރެއްވިއެވެ.

ޚަލީލް ވިދާޅުވީ، މިއީ މިދިޔަ އަހަރުގެ މިހާތަނާ އަޅާބަލާއި
ވަރަށް ބޮޑު އިތުރުވުމެއްކަމަށާއި، މިދިޔަ އަހަރު ވަގަށް ރާއްޖެ އެތެރެވާން އުޅުނު
ސަތޭކަ ތިރީސް މީހުން ހިފަހައްޓާ ފޮނުވާލާފައިވާކަމަށެވެ.