ޚަބަރު

ސުޕީރިއާ ކޯޓުތަކަށް ޢައްޔަންކުރާ ފަނޑިޔާރުން ކަނޑައަޅައިފި






ޖުޑީޝަލް
ސާވިސްކޮމިޝަނުން ބުނެފައިވަނީ ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމަށް
ބޭއްވުނު ޖަލްސާގައި ކްރިމިނަލްކޯޓުން ހުސްވެފައިވާ ފަނޑިޔާރުގެ މަޤާމަށް
ޢައްޔަންކުރަން ނިންމާފައިވަނީ އަލްއުސްތާޛު އަޙްމަދު ރަޝީދް ކަމަށެވެ. އަހްމަދު
ރަޝީދަކީ، ޖުޑީޝަލް ސާވިސްކޮމިޝަންގެ ކުރީގެ މެންބަރެކެވެ.



ސިވިލްކޯޓުގެ
ފަނޑިޔާރުކަމަށް އަލަށް ޢައްޔަންކުރަން ނިންމަވާފައިވާ ހަތަރު ބޭފުޅުންނަކީ، ތިލަދުންމަތީ
ދެކުނުބުރީ މަކުނުދޫ ޕިކެޑްލީ އަލްއުސްތާޛު ޙަސަން ފަޙީމް އިބްރާހީމާއި، ގ.ފަރިދޫ އަލްއުސްތާޛު ޢަލީ ޢަބްދުﷲ އާއި ފާދިއްޕޮޅު ކުރެންދޫ، ރީޙުއްޞަބާ އަލްއުސްތާޛު ޢަބްދުއްނާޞިރު ޝަފީޤާއި ނިލަންދެއަތޮޅު
އުތުރުބުތީ ވެލިދޫ އެލްޕާޝޯ އަލްއުސްތާޛު މުޙައްމަދު ޙަލީމްއެވެ.