ދުނިޔެ

އޮބާމާގެ ސިޓީއަށް ޚަމަނާޢީ ރައްދެއް ނުދެއްވާ- އީރާން


ހައްދުފަހަނައަޅާފައިވާ އައި.އެސް ޖަމާޢަތާ ދެކޮޅަށް ކުރިޔަށް ގެންދާ ހަނގުރާމާގައި އީރާނު ބައިވެރިވުމާ ބެހޭ ގޮތުން އެމެރިކާގެ ރައީސް – ބަރާކް އޮބާމާ ފޮނުއްވި ސިޓީ ފުޅަކަށް، އީރާނުގެ ރޫޙީ ލީޑަރ – ޢާޔަތުﷲ ޢަލީ ޚަމަނާޢީ ރައްދު ދެއްވި ކަމަށް ބުނެ، ފެތުރެމުންދާ މީޑިއާ ރިޕޯޓްތައް، އީރާނުގެ ޚާރިޖިއްޔާއިން ދޮގުކޮށްފިއެވެ.އޮބާމާގެ ސިޓީފުޅަށް ޚާމަނާޢީ ރައްދު ދެއްވާފައިވާކަމަށް، އެމެރިކާގެ ދުވަހު ނޫހެއް ކަމަށްވާ 'ވޯލް ސްޓްރީޓް ޖަރނަލްއިން' ފެތުރި ދޮގު ޚަބަރަކީ، މަސައްކަތުގެ ރޫޙާ ޚިލާފަށް ކުޅުނު މީޑިއާ ކުޅިގަނޑެއް ކަމަށް އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު – މަރުޒީހް އަފްޚާމް ވިދާޅުވިއެވެ.މިދިޔަ ހުކުރު ދުވަހު ވޯލް ސްޓްރީޓު ޖަރނަލްއިންވަނީ، އައި.އެސްއާއި ދެކޮޅަށް ކުރިޔަށްދާ ބައިނަލްއަޤްވާމީ ހަނގުރާމާގައި އީރާނު ބައިވެރިވުމަށް އެދި އެމެރިކާގެ ރައީސް 2014 ވަނަ އަހަރު ފޮނުއްވި ދަޢުވަތަކަށް ޚާމަނާޢި ރައްދު ދެއްވާފައިވާކަމަށް، އީރާނުގެ ޑިޕްލޮމެޓަކާ ޙަވާލާދީ ރިޕޯޓްކޮށްފައެވެ. އަދި އެއީ އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ޚާމަނާޢީ ލިޔުއްވި ސިޓީފުޅެއް ނޫންކަމަށާ، އެއީ އިޚްތިރާމް ކުރެއްވުމުގެ ގޮތުން ޚަމާނާޢީ ލިޔުއްވި ސިޓީފުޅެއް ކަމަށް އީރާނުގެ ޑިޕްލޮމެޓާ ޙަވާލާދީ، އެމެރިކާގެ ދުވަހު ނޫހުން ރިޕޯޓްކޮށްފައިވެއެވެ.