ވިޔަފާރި

ޖީ.އެމް ފޯރަމްގެ ޕްލެޓިނަމް ޕާޓްނަރަކަށް ޔޫރޯ މަރކެޓިންގ މޯލްޑިވްސް ހަމަޖައްސައިފި


ހޮޓެލިއަރ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ މިއަހަރުގެ ޖީ.އެމް ފޯރަމްގެ ޕްލެޓިނަމް ޕާޓްނަރަކަށް ޔޫރޯ މަރކެޓިންގ ޕްރައިވެޓް ލިމިޓެޑް ހަމަޖައްސައިފިއެވެ.

ޔޫރޯ މަރކެޓިންގ އަކީ އެކި ބާވަތުގެ ތައްޔާރީ ބުއިންތަކާއި ކަނާގެ ބާވަތުގެ ވިޔަފާރި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކުންފުންޏެކެވެ.

1997 ވަނަ އަހަރު ވުޖޫދަށް އައި މި ކުންފުންޏަކީ ރާއްޖޭގެ އެކި އަތޮޅުތަކަށާއި ރިސޯޓުތަކަށް ކަނާގެ ބާވަތްތައް ފޯރުކޮށްދެމުން އަންނަ ބައެކެވެ. އެކުންފުނިން އެތެރެކުރާ ޕްރޮޑަކްޓްތަކުގެ ތެރޭގައި މަޝްހޫރު ބްރޭންޑްތައް ކަމުގައިވާ ލަވާޒާ، ގްރެނިނީ، މެލިޓަރ، ފިޖީ، ރެޑް ބުލް، ފެރާރޯ، ޓޮބްލެރޯން، ނަޓެއްލާ އަދި ކެޑްބަރީ ހިމެނެއެވެ.

ޖީއެމް ފޯރަމަކީ ރާއްޖޭގެ ރިސޯޓުތަކުގައި ޖެނެރަލް މެނޭޖަރުންގެ މަޤާމުގައި މަސައްކަތްކުރާ މީހުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އެއް ދުވަހުގެ ފޯރަމެކެވެ. މިއަހަރުގެ ޖީ.އެމް ފޯރަމް، އޭޕްރިލް މަހުގެ 3 ވަނަ ދުވަހު، ބަނޑޮސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މިމަހުގެ ނިޔަލަށް މި ފޯރަމްގައި ރަޖިސްޓަރވުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ.

މިއީ ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުން އެއް ތަނަކުން ބައްދަލުވެ، ފަތުރުވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް އެކަންކަމަށް ޙައްލު ހޯދުމުގެ މަޤްސަދުގައި ބާއްވާ ފޯރަމެކެވެ.