ޓުއަރިޒަމް

ދިހަ ވަނަ ފަހަރަށް ކުއޯނީގެ އެންމެ މަޤްބޫލު މަންޒިލަކަށް ރާއްޖެ


ޔޫރަޕްގެ މަޝްހޫރު ޓުއަރ އޮޕަރޭޓަރ ކުއޯނީގެ، ކަސްޓަމަރުންގެ މެދުގައި އެންމެ މަގްބޫލް މަންޒިލްގެ މަގާމް ޖެހިޖެހިގެން ދިހަ ވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެއެވެ.ކުއޯނީގެ އިނގިރޭސިވިލާތުގެ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ މިރިޕޯޓްގައިވާގޮތުން އެގައުމުގެ ފަތުރުވެރިންގެ މެދުގައި ދެވަނައަށް އެންމެ މަގްބޫލް މަންޒިލަކީ ތައިލޭންޑެވެ. އަދި ތިންވަނަ އަށް ހޮވިފައިވަނީ ދުބާއީ އާއި އަބޫ ދާބީއެވެ.މި ރިޕޯޓްގައިވާ ގޮތުން އެ ކުންފުނީގެ ކަސްޓަމަރުންގެ މެދުގައި ރާއްޖެއަށް އޮންނަ މަގްބޫލްކަން އަންނަނީ އަހަރަކަށް ވުރެއް އަހަރެއް އިތުރުވަމުން ކަމަށާއި ރާއްޖޭގެ ބައެއް ރިސޯޓްތަކަށް އެގައުމުގެ ފަތުރުވެރިންނަށް ބުކިންގްސް ހެދެނީ ހަމައެކަނި ކުއޯނީ މެދުވެރިކޮށް ކަންވެސް އެކުންފުނިން ފާހަގަކުރެއެވެ.ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބްތައް ދައްކާގޮތުން މިދިޔަ އަހަރު އިނގިރޭސިވިލާތުން ރާއްޖެއަށް އަށްޑިހަ އަށްހާސް ހަތްސަތޭކަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އެ އަދަދަކީ ދެހާސް ތޭރަ ވަނަ އަހަރާއި އަޅާބަލާއިރު ތިނެއް ޕޮއިންޓް ތިނެއް އިންސައްތަ އިތުރު އަދަދެކެވެ.އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެގޮތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ހަތެއް އިންސައްތަ ފަތުރުވެރިންނަކީ އެގައުމުގެ ފަތުރުވެރިންނެވެ.