ޚަބަރު

ހާރިޖީ ވަޒީރު ދުންޔާ އިންޑިޔާ ހާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި


ރާއްޖޭގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން އިންޑިޔާގެ ޚާރިޖީވަޒީރު ސުޝްމާ ސުވަރާޖާ މިއަދު ނިއުދިއްލީގައި ބައްދަލުކުރައްވައިފިއެވެ.މިބައްދަލު ކުރެއްވުމުގައި ދެޤައުމުގެ ޚާރިޖީވަޒީރުން މަޝްވަރާ ކުރައްވާފައިވަނީ ދެޤައުމުގެ ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން ކަމަށް ރާއްޖޭގެ ޚާރިޖިއްޔާއިން މަޢުލޫމާތު ދެއްވައެވެ.އެގޮތުން ރާއްޖެއާއި އިންޑިއާއާ ދެމެދު އިޖްތިމާޢީ ގުޅުމާއި އިޤްތިސާދީ ގުޅުން އިތުރަށް ބަދަހިކޮށް އެކިއެކި ދާއިރާތަކުން ގުޅުން ދެމެހެއްޓުމާބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށާއި އިންޑިއާއިން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމާއި ބާއްވަވާ ގާތް ގުޅުމަށްޓަކައި އިންޑިޔާގެ ޚާރިޖީ ވަޒީރަށް ޝުކުރު އަދާކުރެއްވި ކަމަށްވެސް ދިވެހި ޚާރިޖިއްޔާއިން މަޢުލޫމާތު ދެއްވައެވެ.