ޚަބަރު

ބައެއް މައްސަލަތައް 3 ދުވަސްތެރޭ ޕީޖީއަށް ފޮނުވަނީ


ފުލުހުން ހެކިބަސްދޭ މައްސަލަތަކާއި، އަމިއްލައަށް އިޢުތިރާފްވާ މައްސަލަތައް ތިންދުވަހުގެ ތެރޭގައި ދަޢުވާކުރުމަށް ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ފަށައިފިއެވެ.މިއަދު އިސްކަންދަރުކޮށީގައި ބޭއްވި ނިއުސްކޮންފަރެންސްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ، މައްސަލަ ސާބިތުކުރުމަށް ބޭނުންވާ ދެހެކިވެރިން ލިބިފައިވާ މައްސަލަތަކާއި، މައްސަލަ އަމާޒުވާ ފަރާތް ސާފުކޮށް އެނގޭފަދަ ފޮޓޯއާއި، ވީޑިއޯ ލިބިފައިވާ މައްސަލަތަކާއި، އަދި ފޮރެންސިކް ހެކިތަކާއި އެހެންވެސް ހެކި ލިބިފައިވާ މައްސަލަތައް ފުލުހުންނަށް ލިބޭތާ ހަތް ދުވަހުގެ ތެރޭގައި ޕީޖީ އޮފީހަށް ހުށައަޅާނެ ކަމަށެވެ.މިއުސޫލަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުންފެށިގެންނެވެ.މިނިއުސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ޕަބްލިކް ރިލޭޝަން އާދަމް އާރިފް ވިދާޅުވީ، މިއުސޫލަށް އަމަލުކުރަން ފެށިފަހުން ވިހި މައްސަލައެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވާފައިވާކަމަށެވެ.އާދަމް ވިދާޅުވީ، ދައުވާކުރުމަށް ކޯޓަށް ފޮނުވި މައްސަލައިގެ ތެރެއިން އަށްޑިހަ އިންސައްތަ މައްސަލާއިގެ އަޑުއެހުންތައް ފެށިފައިވާކަމަށެވެ.