ޚަބަރު

"ރެހެންދި" އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި


ޤައުމީ ޚިދުމަތުގައި ހަރަކާތްތެރިވާ އަންހެންކަނބަލުންގެ އަގުވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ދެމުންގެންދާ "ރެހެންދި" އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ ނަވާރައާއި ހަމައަށް އިތުރުކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާއިން ބުނެފިއެވެ.އެމް.ބީ.ސީ ނިއުސްއަށް މައުލޫމާތު ދެއްވަމުން ޖެންޑަރ މިނިސްޓްރީގެ ސީނިއަރ ސޯޝަލް ސާރވިސް އޮފިސަރ ރިޝްމީ އާމިރު ވިދާޅުވީ، ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފައިވަނީ، މި އެވޯޑަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލި ހިސާބުން ފެށިގެން ގިނަ އަދަދެއްގެ ފަރާތްތަކަކުން ފޯމުތައް ގެންދިޔަނަމަވެސް، މިޔަދާއި ހަމައަށްވެސް އެއްވެސް ފަރާތެއްގެ އެޕްލިކޭޝަނެއް މިނިސްޓްރީއަށް ލިބިފައިނުވާތީކަމަށެވެ.ރެހެންދި އެވޯޑަކީ، ޤައުމީ ޚިދުމަތުގައި ހަރަކާތްތެރިވާ އަންހެންކަނބަލުންގެ އަގުވަޒަންކޮށް، ޤައުމީ ޚިދުމަތަށް އިތުރު އަންހެނުންތަކެއް ނުކުތުމަށް ބާރުއަޅާއި، އެފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ޤައުމީ ފެންވަރެއްގައި ދެމުންގެންދާ އެވޯޑެކެވެ.