ޚަބަރު

ފްލެޓްތަކުގެ މައްސަލަބަލާ ކޮމެޓީއަށް ދެ ބޭފުޅަކު ޢައްޔަން ކުރައްވައިފި


"ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" ގެ މެންބަރުކަމަށް ދެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޢައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ކޮމެޓީއަށް ރައީސް ޞާލިޙު ޢައްޔަން ކުރެއްވި ދެ ބޭފުޅުންނަކީ
ގަލޮޅު ނޫމަރާވިލާ އަލްއުސްތާޛާ ޝީރީން ނާހިދާ ލަޠީފާއި، މާފަންނު ގަސީމު ފާޠިމަތު ރަޝީދާ ކަމަށެވެ. މި ދެ ބޭފުޅުން ޢައްޔަން ކުރައްވާފައިވަނީ މި މަހުގެ 21ވަނަ ދުވަހު ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

މި ދެބޭފުޅުން މި ކޮމިޓީގެ މެންބަރުކަމަށް ޢައްޔަނުކުރައްވާފައިވަނީ އެ ކޮމިޓީގެ މެންބަރުކަމުން އައްޑޫ ސިޓީ މީދޫ، ގްރީންވިލާ ފާޠިމަތު ސާއިރާ،އާއި ގަލޮޅު ދާސްތާން ނުޒްހާ ޢަލީމް އިސްތިޢުފާ ދެއްވާފައިވާތީއެވެ.

ބޭއިންސާފުން ފްލެޓް ދޫކުރުމުގެ ސަބަބުން ހައްގުވެރިން ބާކީވެފައިވާތީ، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފްލެޓް ދޫކުރި މީހުންނާ މެދު މި ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ފިޔަވަޅު އަޅަން ވަނީ ނިންމައިފައެވެ.