ޚަބަރު

ފައިމަގުގައި އުޅޭ މަގުތަކަށް ވެހިކަލަށް ވަދެވޭނެ ގަޑިތަކެއްހަދަނީ


ފައިމަގުގައި އުޅޭ މަގުތަކާ ގޯޅިތަކުގައި ހުންނަ ފިހާރަ، ވާރކްޝޮޕް ފަދަ ތަންތަނަށް މުދާ އުފުލުމަށް ވަކި ގަޑިތަކެއްގައި ވެހިކަލް ތަކަށް ވަދެވޭ ގޮތަށް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން މިނިސްޓަރ ވިދާޅުވެއްޖެއެވެ.ހައުސިން މިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިއަދު ރަތްވިލާ މަގާއި ހީނާ ގޯޅި ބަންދު ކޮށްފައިވާއިރު، މިއަދުން މިއަދަށްވެސް ރަނގަޅު ކުރެވިދާނެ ކަންތައް އެބަހުރި ކަމަށާއި،  އެތަނުގައި ހުންނަ ފިހާރަތަކާއި ގުދަންތަކަށް މުދާ ވައްދާނެ ގޮތުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ހައުސިން މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށެވެ.މިއީ މުޅިން އަލަށް ފަށާ ޕްރޮޖެކްޓަކަށްވުމުން ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ރަތްވިލާ މަގާ ހީނާ ގޯޅީގައި އުޅޭ ފަރާތްތަކަށް ޚާއްސަ ޕާކިން ޒޯންތައް މިހާރު ހަދާފައިވާކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ، ޚާއްސަ ޕކިން ޒޯންގައި ޕާކުރުމަށް  ދޫކުރާ ސްޓްކަރ ޓްރާންސްޕޯޓް އޮތޯރިޓީން ނުނިމޭތީ އަދި ދޫކުރަން ނުފަށާ ކަމަށެވެ. އެހެންނަމަވެސް މި ހަފްތާތެރޭގައި ސްޓިކަރ ދޫކުރާނެ ކަމަށެވެ.ފައިމަގުގައި އުޅޭ ސަރަހައްދުތައް ކަނޑައެޅުމުގެ ޕްއިލެޓް ޕްރޮޖެކްޓްގެ ދަށުން، އަންނަ މަހުގެ އެކެއްގައި ލަންސިމޫ ގޯޅި އާއި ވައިޖެހޭ މަގުގެ ހުޅަނގުން އިރަށް، ވެހިކަލް ނުވަދެވޭގޮތަށް ބަންދުކުރާނެއެވެ.