ސިއްހަތު

އޭޖީ އޮފީހަށް ކައުންސެލް ޖެނެރަލެއް ހޯދުމަށް އިއުލާންކޮށްފި


ބަންޑާރަ ނައިބުގެ އޮފީހަށް ކައުންސެލް ޖެނެރަލެއް ހޯދުމަށް އެއޮފީހުން އިއުލާންކޮށްފިއެވެ.ބަންޑާރަ ނައިބުގެ އޮފީހުން ނެރެފައިވާ އިއުލާނުގައިވާ ގޮތުން ކައުންސެލް ޖެނަރަލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދައުލަތާއި ގުޅުންހުރި ޤާނޫނީ އެންމެހާ ކަންކަމުގައި ސަރުކާރުގެ އިދާރާތަކުން އަމަލުކުރާނެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމުގައި ބަންޑާރަ ނައިބަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލްތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ދައުލަތް ތަމްސީލުކުރުމާއި، ސިވިލް ލިޓިގޭޝަން މައްސަލަތަކުގައި އޮފީހުގެ ޤާނޫނީ މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުންވެސް ކައުންސެލް ޖެނަރަލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.ކައުންސެލް ޖެނަރަލްގެ މުސާރައިގެ ގޮތުގައި ބާވީސް ހާސް އަށްސަތޭކަ ދިހަ ރުފިޔާ، ސަރވިސް އެލަވަންސްގެ ގޮތުގައި ހަހާސް ހަތްސަތޭކަ ރުފިޔާ ވަނީ ކަނޑައަޅާފައެވެ.މިމަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހޯމަދުވަހުގެ މެންދުރުފަހު ދެގަޑި ތިރީހުގެ ކުރިން ބަންޑާރަ ނައިބުގެ އޮފީހަށް ލިޔެކިއުންތަކާ އެކު ހުށަހެޅުއްވުމަށް އިއުލާނުގައިވެއެވެ.