ޚަބަރު

މިންތީގެ ހަމަހަމަކަމާގުޅޭގޮތުން ވަޒީރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށްގެންގޮސްފި


މިންތީގެ ހަމަހަމަކަމާގުޅޭގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އިން ކެބިނެޓުގެ ވަޒީރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށްގެންގޮސްފިއެވެ.

"މިންތީގެ ނަޒަރަކުން ވިސްނުމުގެ މުހިންމުކަން" މި ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ކުރިއަށްގެންދިޔަ މި ސެޝަންގައި މިންތީގެ ހަމަހަމަކަމާ ގުޅުންހުރި ޤާނޫނުތަކާއި، ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، އެއްބަސްވުންތަކުގެ އިތުރުން، މިންތީގެ ނަޒަރިއްޔާތުން ވިސްނުމުން ކުރާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުވާލައި މަޢުލޫމާތު ހިއްސާކޮށްފައެވެ.

މި ސެޝަންގައި ޖެންޑަރ މިނިސްޓްރީގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ޚާއްޞަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމުގެ ގޮތުން މިނިސްޓްރީގެ ފަރާތުން އަންނަނީ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް އެކި ފަރާތްތަކަށް ހިންގަމުންނެވެ. އެ ގޮތުން، ދައުލަތުގެ ވުޒާރާތަކާއި، މުއައްސަސާތަކާއި ކުންފުނިތަކުގެ އިތުރުން، އަމިއްލަ ފަރުދުންނަށްވެސް މިފަދަ ޕްރޮގްރާމްތައް އެ މިނިސްޓްރީން ދަނީ ހިންގަމުންނެވެ.