ޚަބަރު

ބަންގްލަދޭޝްގެ އިންތިޚާބު އޮބްޒަރވްކުރެވުނީތީ ހިތާމަކުރައްވާކަމަށް ސާކްގެ އޮބްޒަރވަރެއް ވިދާޅުވެއްޖެ


މިދިޔަ ޑިސެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވި އާންމު އިންތިޚާބުގެ ކަންކަން ބަލައި އޮބްޒަރވްކުރުމުގައި ހަރަކާތްތެރި ވެވުނީތީ ހިތާމަކުރައްވާކަމަށް ސާކްގެ އިންސާނީ ޙައްޤުތަކާބެހޭ މުއައްސަސާގެ ރައީސް މުހައްމަދު ޢަބްދުއްސަލާމް ވިދާޅުވެއްޖެއެވެ.

ރޮއިޓަރސްއަށް ދެއްވި ބަސްދީގަތުމެއްގައި ޢަބްދުއްސަލާމް ވިދާޅުވީ، ބަންގްލަދޭޝްގެ އެ އިންތިޚާބުގައި މަކަރާއި އޮޅުވާލުމުގެ ކަންކަން އާދަޔާ ޚިލާފަށް ބޮޑުކަން، އެ ޖަމާއަތުގެ އޮބްޒަރވަރުންނަށް ފެނުމުގެ އިތުރުން އެހެން ޤައުމުތަކުގެ އޮބްޒާވަރުންވެސް އެކަން ފާހަގަކޮށްފައިވާކަމަށެވެ. އެހެންކަމުން މިދިޔަ ޑިސެމްބަރު މަހު ބޭއްވި ބަންގްލްދޭޝްގެ އާންމު އިންތިޚާބު ބާޠިލުކުރުމަށްފަހު އަލުން އިންތިޚާބެއް ބާއްވާނެކަމަށް އޭނާ އާއި އެނޫންވެސް ގިނަ އޮބްޒަރވަރުންތަކެއް އުންމީދު ކުރެއްވިކަމަށް ޢަބްދުއްސަލާމް ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ އާންމު އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކުރީ މިހާރުގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ އަވާމީ ލީގު ޕާޓީންނެވެ. އެ އިންތިޚާބުގައި ވޯޓުލާން ފެށުމުގެ ކުރިންވެސް އަވާމީ ލީގުގެ ސަޕޯޓަރުން ވޯޓު ފޮށިތަކަށް ވޯޓުތައްއަޅައި ފުރަމުންދާ މަންޒަރު ފެނުނުކަން ބޭރުގެ ބައެއް މުރާސިލުންވެސްވަނީ ކަށަވަރުކޮށްދީފައެވެ.