ޚަބަރު

ސީ.އެޗް.އެސްއީގެ އެހީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް


ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން "ސީ.އެޗް.އެސް.އީ"ގެ ދަރިވަރުން ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒަށްގިނަ އަދަދެއްގެ ތަކެތި ހަދިޔާކޮށްފިއެވެ.ހަދިޔާކުރި ތަކެތީގެ ތެރޭގައި ބެޑްޝީޓާއި ބާލީސް ފަދަ ތަކެތި ހިމެނެއެވެ. އަދި ރީތިވުމަށް ބޭނުންވާ ސާމާނާއި، ކެއުމަށް ބޭނުންވާނޭ ގިނަ އަދެއްގެ ތަކެތިވެސް ހިމެނެއެވެ.މިތަކެތި ހަދިޔާކުރުމަށް ސީ.އެޗް.އެސް.އީގެ ދަރިވަރުން އެ މަރުކަޒަށް ގޮސް މަރުކަޒުގައި ތިބި ޚާއްސަ އެހީއަށް ބޭނުންވާ ބައެއް މީހުންނާ އެކު ވަގުތު ހޭދަކޮށްފައިވެއެވެ.މި ތަކެއްޗަކީ، އަންގާރަ ދުވަހު ސީ.އެޗް.އެސް.އީގެ ދަރިވަރުން އިސްނަގައިގެން ފާހަގަކުރި "މަފްޓީ ޑޭ" ގައި ލިބިފައިވާ ސާޅީސްފަސް ހާހަށްވުރެ ގިނަ ރުފިޔާއިން ގަނެފައިވާ ތަކެތިކަމަށާއި، މީގެބޭނުމަކީ މުޖްތަމައުގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަކީ ވެސް ރައްކާތެރިކަމާއި ސަލާމަތާއި، އޯގާތެރިކަމާއި، ގަދަރާއި ލޯތްބާއި އަޅާލުން ހައްގުވާ ބައެއްކަން ދަރިވަރުންނަށް އަންގައިދީ،  އެފަދަ މީހުންނާ މެދުގައި ވިސްނާ ޒުވާންޖީލެއް އުފެއްދުންކަމަށް ސީ.އެޗް.އެސްއީން މައުލޫމާތުދެއެވެ.ޚާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒަށް ސީއެޗްއެސްއީގެ ދަރިވަރުން ކުރި ދަތުރުގައި އެ ސުކޫލުގެ އިސްވެރިންނާއި ސްކޫލްގެ ފަންސާސް ހަތް ދަރިވަރުންނާއި ބައެއް ބެލެނިވެރިން ބައިވެރިވެފައިވެއެވެ.