ޚަބަރު

ބިދޭސީންނާމެދު އަމަލުކުރާ އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފި


ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންނާމެދު އަމަލުކުރާނެ އުސޫލުތަކާއި، އެފަރާތްތަކަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކަށް ބޮޑު ބަދަލުތަކެއް ގެނެސްފައިވާކަމަށް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.އިމިގްރޭޝަނުން ބުނީ، އާ އުސޫލްތަކާއި ޕްރޮގްރާމްތަށް މިހަފްތާތެރޭގައި އާންމުކުރާނެކަމަށެވެ. ނަމަވެސް ބިދޭސީން ފޮނުވާލުމުގައި ހިންގުމަށް ހަމަޖެހިފައިވާ އާ އުސޫލުތަށް އަދި ފައިނަލް ނުވާތީ އެއްވެސް ތަފްސީލް އިމިގްރޭޝަނުން ހާމައެއް ނުކުރެއެވެ.އިމިގްރޭޝަނުން މިދިޔަ އަހަރުވަނީ އަމިއްލައަށް އެދިގެން ގައުމަށް ދާން ބޭނުންވާ ބިދޭސީންނަށް ޚާސަކޮށްގެން ވޮލެޓިއަރ ޑިޕާރޗަރ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. އަމިއްލަ ޚަރަދުގައި މިދިޔަ މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް އެގާރަ ބިދޭސީން އަމިއްލަ ގައުމަށް ފުރާފައިވެއެވެ.މީގެއިތުރުން އެކި ސަބަބުތަކާ ގުޅިގެން މިދިޔަ އަހަރު އަށްހާސް އަށްސަތޭކަ ފަނަރަ  ބިދޭސީއަކު ރާއްޖެއިން ފޮނުވާލާފައިވެއެވެ. އަދި އޭގެ ތެރެއިން ދުއިސައްތަ އަށްޑިހަ ދެ މީހަކު އެކިއެކި ޖިނާއީ ކުށްތަކާ ގުޅިގެން ޑީޕޯޓް ކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މިމަހު ވަނީ ބުނެފައެވެ.