ޚަބަރު

ރޭޑިޔޯ ދުވަސް ފާހަނގަކުރުމުގަ ދިވެހިރާއްޖޭގެ އަޑު ބައިވެރިވެއްޖެ


މިއަދު ފާހަގަ ކުރާ ދުނިޔޭގެ ރޭޑިއޯ ދުވަހުގެ މުނާސަބަތުގައި ދުނިޔޭގެ އެކި ގައުމުތަކުގެ ރޭޑިއޯ ސްޓޭޝަންތައް ގުޅިގެން މެދުނުކެނޑި ކުރިއަށްގެންދާ ރިލޭގައި ދިވެހިރާއްޖޭގެ އަޑުން ބައިވެރިވެއްޖެއެވެ.ޔޫރަޕިއަން ބްރޯޑްކާސްޓިންގ ޔުނިއަނުން ކުރިއަށްގެންދާ ރިލޭގައި ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމް ފޮނުވާފައިވަނީ މިއަދު ހެނދުނު ދިހަގަޑި ތިރީހުން ފެށިގެން އެގާރަ ޖެހުމާއި ހަމައަށެވެ.ބައިގަޑި އިރުގެ މި ޕްރޮގްރާމް ފޮނުވީ ދިވެހި ބަހުންނެވެ." ރޭޑިއޯގެ އުފެއްދުންތެރި ދައުރާއި ޒުވާނުން " މި މަޢުޟޫގެ ދަށުން ތައްޔާރުކޮށްފައިވާ މި ޕްރޮގްރާމް ހަމަ އެގަޑީގައި އިންޓަރނެޓް މެދުވެރިކޮށްވެސް ޔޫރަޕިއަން ބްރޯޑްކާސްޓް ޔުނިއަނުން ފޮނުވާފައިވާ ކަމަށް އެމްބީސީން މައުލޫމާތުދެއެވެ. ދުނިޔޭގެ ރޭޑިއޯ ދުވަހުގެ ގޮތުގައި ފެބްރުއަރީ 13 ކަނޑައަޅާފައިވަނީ އދއިންނެވެ.ދުނިޔޭގެ ރޭޑިއޯ ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ ރޭޑިއޯ ސްޓޭޝަންތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ޚަބަރާއި މަޢުލޫމާތު ހޯދާ ލިބިދިނުގެ ފުރުޞަތު ފުޅާކޮށް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ޤާއިމްކުރުމުގެ ވަޞީލަތެއްގެ ގޮތުގައި ރޭޑިއޯގެ ދައުރު ފުޅާކުރުމަށް ބާރުއެޅުމެވެ.މިއީ ބައިނަލްއަޤްވާމީ ފެންވަރުގައި "ދުނިޔޭގެ ރޭޑިއޯ ދުވަސް" ފާހަގަކުރާ ހަތަރުވަނަ އަހަރެވެ.