ޚަބަރު

ބާޖަމާލުއްދީން ހުސްކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފި


ބާޖަމާލުއްދީންގައި ތައުލީމް ހާސިލްކުރަމުންދާ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ކިޔެމުމަށް އެޅިދާނެހުރަހަކުން ނުވަތަ ދަރިވަރުންނަށް ލިބިދާނެ ގެއްލުމަކުން އެދަރިވަރުން ސަލާމްތްކުރުމައްޓަކައި  ބާޖަމާލުއްދީން ހުސްކުރުމަށް ސަރުކާރުންދީފައިވާ މުއްދަތު މިމަހުގެ ސައްބީސްވަނަ ދުވަހަށް ރައީސުލްޖުމޫރިއްޔާ އިތުރުކޮށްދެއްވައިފިއެވެ.އެމް.ބީ.ސީ ނިއުސްއަށް މައުލޫމާތުދެއްވަމުން ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ، ބާޖަމާލުއްދީންގެ އިމާރާތް ހަތްދުވަހުގެ ތެރޭގައި ހުސްކުރުމަށް އެންގިނަމަވެސް އެމުއްދަތުގެ ތެރޭގައި ކުރެވޭނެ ކަމެއްނޫންކަމަށް ޔުނިވަރސިޓީން ބުނެފައިވާތީ އިތުރުފުރުސަތެއް ދެއްވާފައިވާކަން ރައީސް އޮފީހުން ޔުނިވަރސިޓީއަށް ސިޓީއަކުން މިއަދު އަންގާފައިވާކަމަށެވެ. އަދި މިކަން ފުލުހުންނާއި ހައުސިންގ މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިސްސާވިސްއަށްވެސް އަންގާފައިވާކަމަށް މުއާޒް ވިދާޅުވިއެވެ.މުއާޒް ވިދާޅުވީ، އިމާރާތް ހުސްކޮށް، ދަރިވަރުން އެހެން އިމާރާތަކަށް ބަދަލްކުރުމާއި ބެހޭ ޕްލޭނެއް މިމަހުގެ 19 ވަނަ ދުވަހުގެ ކުރިން ހައުސިންގ މިނިސްޓްރީއަށް ހުށައެޅުމަށް ގައުމީ ޔުނިވަރސިޓީއަށް އަންގާފައިވާނެކަމަށެވެ.ޔުނިވަރސިޓިގެ ދަށުން ގިނަ އިމާރާތްތަކެއް އެބަހުރިކަމަށާއި، އެމަސައްކަތް ކުރުމުގެ ނިޔަތް ގައުމީ ޔުނިވަރސިޓީގެ ވެރިންގެ ކިބަހިގައި ހުރިނަމަ އެޕްލޭން ތައްޔާރުކުރެވޭނެކަމަށް  ސަރުކާރުން ގަބޫލުކުރާކަމަށެވެ.