ޚަބަރު

އެސްޓީއޯގެ ޗެއާރމަންކަމުގެ މަޤާމުން ހުސެއިން ސާލިމް އިސްތިއުފާ ދެއްވައިފި


ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ ޗެއާރމަންކަމުގެ މަޤާމުން ހުސެއިން ސާލިމް އިސްތިއުފާދެއްވައިފިއެވެ.

ހުސެއިން ސާލިމް ވިދާޅުވީ އެސްޓީއޯގެ ޗެއަރމަންކަމުގެ މަޤާމުން އިސްތިއުފާދެއްވީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން ނިންމާފައިވާތީކަމަށެވެ. ސާލިމް ވިދާޅުވީ މަޖލީހުގެ އިންތިޚާބަށް ކުރިމަތިލާން ނިންމަވާފައިވާއިރު މިފަދަ މަޤާމެއްގައި ހުރުމަކީ އެކަށީގެންވާ ކަމަކަށް ނުވާތީ މަޤާމުން އިސްތިއުފާ ދޭން ނިންމެވީކަމަށެވެ.

އެސްޓީއޯގެ ޗެއާރމަންކަމަށް ހުސެއިން ސާލިމް އައްޔަންކުރައްވާފައިވަނީ 2016 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުގައެވެ. އެސްޓީއޯގެ ޗެއާރމަންކަމުގެ އިތުރުން ހުސެއިން ސާލިމް ދަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖީނިއަރިންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމު އަދާކުރައްވަމުންނެވެ.