ޚަބަރު

ވިލާ ކޮލެޖުގެ ސްކޮލަރޝިޕް ސްކީމް 2019އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި


ވިލާ ކޮލެޖުގެ ސްކޮލަރޝިޕް ސްކީމް 2019 އަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ވިލާ ކޮލެޖުގެ ސްކޮލަރޝިޕް ސްކީމަކީ 2016 ވަނަ އަހަރުންފެށިގެން އެ ކޮލެޖުގައި ހިލޭ މަތީތައުލީމު ހާސިލް ކުރުމަށް ކޮންމެ އަހަރަކު އެއްފަހަރު ހުޅުވާލެވޭ ސްކޮލަރޝިޕް ފުރުސަތެކެވެ.

ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ.އަލީ ނަޖީބް ވިދާޅުވީ ވިލާކޮލެޖުގެ ގިނަ ކުދިންތަކެއް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށާއި އަމާޒަކީވެސް އެކާމިޔާބީ ދެމެހެއްޓުން ކަމަށެވެ.

4 ދާއިރާއެއްގެ މައްޗައް ހުޅުވާލި ސްކޮލަރޝިޕް ސްކީމުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ 15 ފެބްރުއަރީ 2019 އެވެ. ސްކޮލަރޝިޕް ސްކީމައް ހުޅުވާލާފައިވާ ދާއިރާތަކުގައި ވިލާކޮލެޖު އޯޕަން ސްކޮލަރޝިޕްއާއި ވިލާ ކޮލެޖް/ ވިލާ އިންޓަރނޭޝަނަލް ހައި ސްކޮލަރޝިޕްއާއި ވިލާ ކޮލެޖް އެލަމްނައި ސްކޮލަރޝިޕް ހިމެނެއެވެ.

މީގެ އިތުރުން މި ސްކީމްގެ ދަށުން ވިލާ ކޮލެޖްގެ ކެމްޕަސްތަކާއި އެ ކެމްޕަސްތައް ހުންނަ އަތޮޅު ނުވަތަ ރަށު ކައުންސިލާއި ޖަމިއްޔާ ޖަމާއަތްތަކާއި ގުޅިގެން ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕް ނަމުގައި ސްކޮލަރަޝިޕްތައް މިއަހަރުވެސް ހުޅުވާލަން ވަނީ ނިންމާފައެވެ.

ވިލާކޮލެޖުގެ އޯޕަން ސްކޮލަރޝިޕް ކެޓޭގަރީން ހުޅުވާލާފައިވަނީ ތިން ސްކޮލަރޝިޕްއެވެ. އެއީ ފައުންޑޭޝަން ފެންވަރުގެ ސްކޮލަރޝިޕްއާއި ޑިގްރީ އަދި މާސްޓަރސް ފެންވަރުގެ ސްކޮލަރޝިޕް އެވެ. ކުދިން ހޮވުމުގައި ބަލަން ހަމަޖެހިފައިވަނީ އެންމެ މަތީ ފާސް ހޯދާ ދަރިވަރަކެވެ.

ވިލާކޮލެޖް/ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް ސްކޮލަރޝިޕްގެ ދަށުން އެ ކޮލެޖުން އޭލެވެލް ހަދާ ދެ ދަރިވަރަކަށް ކޮލެޖްގެ ޑިގްރީ ހެދުމުގެ ފުރުސަތު ހުޅުވާލާނެއެވެ. މި ސްކޮލަރޝިޕައް ކުރިމަތިލެވޭނީ ވީ.އައި.އެޗް.އެސް އިން އޭލެވެލް ނިންމިތާ 2 އަހަރައްވުރެ ދިގުމުއްދަތެއް ހޭދަނުވާ ދަރިވަރުނަށް ކަމަށް ވިލާ ކޮލެޖުން މައުލޫމާތުދެއެވެ.

ވިލާ ކޮލެޖް އެލަމްނައި ސްކްލަރޝިޕްގެ ދަށުން ވިލާ ކޮލެޖުން ނިންމި ދަރިވަރުންގެ ތެރެއިން މާސްޓަރސް ފެންވަރަށް ކިޔެވުމަށް 1 ފުރުސަތާއި ޑިގްރީ ފެންވަރަށް ކިޔެވުމަށް އެއް ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ސްކޮލަރޝިޕަްއވެސް ކުދިން ނެގުމުގައި ނަތީޖާ ރަނގަޅު ދަރިިވަރުންނަށް ބަލާއިރު މި ދާއިރާއަށް ކުރިމަތިލެވޭނީ ވިލާ ކޮލެޖުގެ މުސްކުޅި ދަރިވަރުންނަށެވެ.