މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަނުން ތަހްޤީޤުކުރާ މަސައްލައަކާ ގުޅިގެން ދެމީހަކު ހޯދަން ވީޑިއޯ ޢާއްމުކޮށްފިއެވެ.
އެ ކޮމިޝަނުގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކޮށްފައިވާ ތްވީޓެއްގައި ވަނީ ވީޑިއޯއެއް ޢާއްމުކޮށްފައެވެ. އެވީޑިއޯއާއެކު ލިޔެފައިވަނީ އެވީޑިއޯއިން ފެންނަ ދެ މީހުންނާބެހޭ އެއްވެސް މަޤުލޫމާތެއްް އެނގޭ ފަރާތެއް ވާނަމަ އެކަން ވީއެންމެ އަވަހަކަށް އެކޮމިޝަނަށް އެންގުމަށް އެދޭކަމަށެވެ.