ދުނިޔެ

އަފްޣާނިސްތާނުގައި ސުލްޙަ ޤާއިމުކުރުމުށް ޗައިނާއިން އެހީވަނީ


އަފްޣާނިސްތާނުގެ ސަރުކާރާއި އެގައުމުގައި ހަރަކާތްތެރިވާ އެކި އެކި ޖަމާޢަތްތަކާ ދެމެދު ސުލްޙަ ޤާއިމުކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ޗައިނާއިން ތައްޔާރަށް އޮތް ކަމަށް އެގައުމުގެ މާލީ ވަޒީރު ވޭންގް ޔީ ވިދާޅުވެއްޖެއެވެ.ރަސްމީ ދަތުރެއްގައި ޕާކިސްތާނަށް ވަޑައިގެން އެގައުމުގެ ބޮޑު ވަޒީރުގެ އިސް މުޝީރާ ބައްދަލުކުރައްވާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޗައިނާގެ މާލީ ވަޒީރު ވޭންގް ވިދާޅުވީ، އަފްޣާނިސްތާނުގެ އެކި އެކި ސިޔާސީ ޖަމާޢަތްތަކާއި ސަރުކާރާ ދެމެދު ކުރިއަށްދާ ވާހަކަތައް ކާމިޔާބު ކުރުމަށް ޗައިނާއިން ވެވެން އޮތް އެހީއެއް ވާނެ ކަމަށެވެ.ވޭންގް ވިދާޅުވީ، އަފްޣާނިސްތާނުގައި ހަރަކާތްތެރިވި ބައިނަލްއަޤްވާމީ ލަޝްކަރު އެގައުމުން ފޭބުމުގެ ސަބަބުން މިހާރު އަފްޣާނިސްތާނު ވަނީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި މި ހާލަތުން އަފްޣާނިސްތާން ސަލާމަތް ކުރަން ޖެހޭ ކަމަށެވެ.މި ބައްދަލުކުރެއްވުމަށް ފަހު ޕާކިސްތާނުގެ ބޮޑު ވަޒީރުގެ އިސް މުޝީރު ސަރްތާޖް އަޒީޒް ވިދާޅުވީ، އަފްޣާނިސްތާނުގެ މިނިވަންކަމާއި، ސިޔާދަތަށް ބައިނަލްއަޤްވާމީ ދުނިޔެއިން އަބަދުވެސް އިޙްތިރާމް ކުރަން ޖެހޭ ކަމަށެވެ.