ޚަބަރު

އިބްރާ ފުލުހުންގެ އިދާރާއަށް ޙާޒިރުކޮށްފި


އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާޢީލް (އިބްރާ) ފުލުހުންގެ އިދާރާއަށް ޙާޒިރުކޮށްފިއެވެ.
އެހެންނަމަވެސް އޭނާ ޙާޒިރުކުރި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ މިރޭ 20:30 ހާއިރު އިބްރާހީމް އިސްމާއީލް ފުލުހުންގެ އިދާރާއަށް ހާޒިރުކުރިކަމަށާއި، އޭނާ ހާޒިރުކުރީ މުޖުމަތަމަޢުގައި ނަފުރަތާއި ރުޅިވެރިކަން އުފެދޭ ފަދަ ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންދާ ފަރާތްތަކުގެ މައްސަލަތައް ބެލުމަށް ފުލުހުން ފަށާފައިވާ ތަޙްޤިގާއި ގުޅިގެންކަމަށެވެ.

ދާދިފަހުން އިބްރާހިމް އިސްމާއިލް ސޯޝަލް މީޑިއާގައި އިސްލާމް ދީނާއި، ކީރިތި ރަސޫލާ އަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކާގުޅިގެން ގިނަބަޔަކުވަނީ ނުރުހުން ފާޅުކޮށްފައެވެ.